ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ދުނިޔެ
09 Mar 2023 | 07:08
ޢިމްރާންޚާން ގެ ރެލީ އަށް ދެތިން ގަޑިއިރަށް ވެފައި އޮއްވައި އެއްވެއުޅުން މަނާކޮށްފި

ޕާކިސްޠާނުގެ ކުރީގެ ބޮޑު ވަޒީރުގެ ރެލީ ފެށެން ދެތިން ގަޑިއިރަށް ވެފައި އޮއްވައި ޕާކިސްޠާނުގެ ލާހޯރުގައި 4 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.

ޕާކިސްޠާނުގެ ޕަންޖާބު ޕޮލިހުން ބުނިކަމަށް ޕާކިސްޠާނުގެ މީޑީއެއްގައި ބުނެފައިވަނީ ލާހޯރްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން މަނާކޮށްފައިވަނީ ހިނގައިފާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ކަމަށެވެ.

ލާހޯރްގައި 4 މީހުންނަށް ވުރެ ގިނަ މީހުން އެއްވެއުޅުން މަނާ ކޮށްފައި އޮތް އޮތުން 7 ދުވަހަށް ދިގުދެމިގެން ދާނެއެވެ.

ލާހޯރް ގައި އެއްވެއުޅުން މަނާކޮށްފައިވަނީ ޢިމްރާން ޚާން ގެ ޕާޓީ ޕާކިސްޠާން ތަހްރީކޭ އެ-އިންސާފް ޕާޓީ އިން  ޕަންޖާބުގެ ޕްރޮވިންޝިއަލް އެސެމްބްލީގެ އިންތިޚާބުގައި ވާދަކުރުމަށް ކެމްޕޭނު ކުރުމަށް ކެމްޕޭނު ހަރަކާތަކަށް ތައްޔާރުވަމުން ދަނިކޮށެވެ.

ލާހޯރަކީ ޕަންޖާބުގެ ވެރިކަންކުރާ ޕްރޮވިންސެވެ. އަދި އެސަރަހައްދުގެ މަޤާމުތައް އޭޕްރީލް 30 އަށް މުއްދަތު ހަމަވާތީ ޢިމްރާން ޚާންގެ ޕާޓީ އިން އަންނަނީ ތަކުރާރުކޮށް އިންތިޚާބަކަށް ގޮވާލަމުންނެވެ. ނަމަވެސް ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެކަން އެގޮތަށް ނުވާނެ ކަމަށާއި، ވޯޓުލުން އޮންނާނީ ސަރުކާރުން ޝެޑިޔުލް ކޮށްފައިވާ ގޮތަށް އަހަރެއް ފަހުން ކަމަށް ބުނެފައެވެ.

ލާހޯރްގައި އެއްވެ އުޅުން މަނާކޮށްފައިމިވަނީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ "އައުރަތް މާޗް" (އަންހެނުންގެ މާޗް) ކުރިމައްޗަށް އޮއްވައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ