މެސީ ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
09 Mar 2023 | 10:13
ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންނާއި އެކު ޕީއެސްޖީ ޗެމްޕިއަންސްލީގުގެ ދެވަަނަ ބުރުން ކަޓައިފި!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ބަޔާން މިއުނިކް އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ.

މި ދެ ޓީމުގެ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބަޔާން މޮޅުވެފައި އޮތުމުން އެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ 3-0 ގެ އެގްރިގޭޓުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ޕީއެސްޖީއާއި ގުޅުނީ ފަހުން އެޓީމު މުބާރާތުގެ ދެވަނަ ބުރަށް ކަޓައިގެން ދިޔަ ދެވަނަ ފަހަރެވެ. 2022 ވަނަ އަހަރު މުބާރާތުގެ ދެވަނަ ބުރުގައި އެޓީމު ބަލިވީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ވާދަކޮށް ފުރަތަަމަ ލެގުން މޮޅުވެ އަދި ދެވަނަ ލެގުގައި ލީޑު ހޯދާފައި ވަނިކޮށެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ބުރެޒިލް ފޯވާޑް ނޭމާ ޓީމުގައި ހިމެނިފައި ނުވާއިރު އެޓީމުގެ އެޓޭކްތައް ލީޑު ކުރަން ތިބީ މެސީ އަދި އެމްބާޕޭ އެވެ.

ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ބަޔާން މިއުނިކްގެ ޒުވާން މިޑްފިލްޑަރު ޖަމާލް މުސިއާލާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަަމަ ހާފުގައި ޕީއެސްޖީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ވިޓީނިއާ އަށެވެ. ބަޔާންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް އޭނާ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ކަހަލަގޮތަކަށް ބަޔާންގެ ޑިފެންޑަރު މެތިއަސް ޑެލިގްޓް ވަނީ ދިފާއުކޮށްފަ އެވެ.

ދެވަަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ ފޯވާޑް އެރިކް ޗުޕޯ-މޮޓިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ފަހު ހާފުގެ 61 ވަނަ މިނެޓުގައި އެރިކް ޗުޕޯ-މޮޓިން ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް މި މެޗުގައި ލީޑު ހޯދައިދީފައެވެ.

މިއީ ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިއޮން ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބަޔާންގެ ލަނޑަށްފަހު ޕީއެސްޖީ އިން ކުރިއަށް ޖެހި ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވީ ބަޔާން މިއުނިކްގެ ގޯލްކީޕަރު ޔާން ސޮމާއެވެ.

މި މެޗުގައި ބަޔާންގެ ދެވަަނަ ލަނޑު މެޗުގެ ދެވަަނަ ހާފްގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޖަރުމަނުގެ ފޯވަޑް ގްނަބެރީ އެވެ. މިއީ އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ޕޯޗުގަލްގެ ޑިފެންޑަރު ކަންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ފާއިތުވެދިޔަ 16 ސީޒަނުގެ ތެރޭގައި ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދި 14 ވަނަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.