ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހަބަރު
09 Mar 2023 | 12:27
"އިންޑިއާ އައުޓް" ކެންޕެއިނަކީ ނެތެމުންދާ ޚުދުމުހުތާރު ވެރިއެއްގެ ފަހު ގޮވާލުން: ޝާހިދު

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ “އިންޑިއާ އައުޓް” ހަރަކާތަކީ ނެތެމުންދާ ޚުދުމުހުތާރު ވެރިއެއްގެ ފަހު ގޮވާލުން ކަމަށް ވިދާޅުވެ އިދިކޮޅުގެ ސިޔާސަތު ތަކަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އޭބީޕީ ލައިވް އަށް ޝާހިދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފާއިތުވި ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް ފަސޭހަކަމާއި އެކު އެމަނިކުފާނަށް ކާމިޔާބުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"މިހާރުވެސް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިން ރައީސް ޞާލިހުގެ ފަހަތަށް އަރަފި. އެމީހުން އެފަދައިން އެ ނިންމީ ރައީސް ޞާލިހުގެ ވެރިކަމުގައި ކޮށްފައިވާ ރަނގަޅު ކަންކަން ފެނުމުން."

މިނިސްޓަރު އަބްދުالله ޝާހިދު

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އިދިކޮޅުން ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެންޕެއިނަށްވެސް ޝާހިދުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ.  

އެގޮތުން ޝާހިދު ވިދާޅުވީ، “އިންޑިއާ އައުޓް” ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އެއްވެސް އުސޫލެއް އަދި އަސާސެއް ނެތް އަދި ރައްޔިތުންނަށް ވިއްކޭނެ ސިޔާސަތެއް ނެތް ޕާޓީއަކުން ނަފްރަތު އުފެއްދުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަަށެވެ. އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓުގެ ހަރަކާތުގެ އިތުރުން އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. 

"އިންޑިއާ އައުޓް ކެންޕެއިނަކީ ނެތެމުންދާ ހުދުމުތާރު ވެރިއެއްގެ ފަހު ގޮވާލުން. އެމީހުން (އިދިކޮޅު ކޯލިޝަން) އިންޑިއާ އައުޓް ހަރަކާތް ކުރިއަށް އެ ގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ހަރުދަނާ ސިޔާސަތެއް އެމީހުންގެ ނެތުމުން. އެހެންވެ އެމީހުން އެ އުޅެނީ ރާއްޖޭގެ އެންމެ ގާތް އަދި އަވަށްޓެރި ރަހުމަތްތެރިޔާ އާއި މެދު ނަފްރަތު އުފައްދަން. އެކަންތައް ކުރުން ނޫން އެހެން ކަމެއް ނެތް އެމީހުން ކުރާނެ. އެމީހުން އުޅެނީ ނަފްރަތާއި ބިރުވެރިކަން އުފައްދަން. އެކަމަކު ދިވެހިންނަކީ އެއަށްވުރެ މާ ވިސްނޭ ބައެއް."

މިނިސްޓަރު އަބްދުالله ޝާހިދު

މީގެ އިތުރުން ރައީސް ޔާމީންނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ ޖާގަ ލިބުމާއިމެދު އެނާ ދެކިވަޑައިގަންނަވާ ގޮތާއިމެދު ސުވާލުކުރުމުން ޝާހިދު ވަނީ، އެކަމާއި މެދު ވިދާޅުވާނެ އެއްޗެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރާއިމެދު ހިތްހަމަޖެހެންވީ މައި އެއް ސަބަބަކީ، ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާތީކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.