ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު/ ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2023 | 19:32
"ރައީސް ޔާމީންގެ އިސްތިއުނާފު: މައިގަނޑު 5 ކަމެއް އިސްލާހުކުރުމަށް ހައިކޯޓުން ވަނީ އަންގާފަ"

ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފްގެ 5 ކަމެއް އިސްލާހުކުރުމަށް ހައިކޯޓުން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ޢަބްދުالله ޝިޔާޒު ވިދާޅުވެއްޖެ އެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ގައެވެ. 

އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމުން ދިގުލައިގެންދާތީ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަޝިޕުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މިއަދު ހައިކޯޓުން ވަނީ އިސްތިއުނާފު އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލާފަ އެވެ. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޢަބްދުالله ޝިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޚުލާސާގޮތެއްގައި އިސްތިއުނާފުގައި އިސްލާހު ކުރަން އަންގާފައިވާ ކަންކަން ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ޝިޔާޒު ވިދާޅުވީ ވ އާރަށުގެ މައްސަލައަކީ އެއް ރިޕޯޓަކުން ޖަވާބު ދީފައިވާ މައްސަލައެއް ނަމަވެސް ދެ ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ވަކިން ތާއްޔާރުކޮށް އިސްލާހު ހުށައެޅުމަށް ހައި ކޯޓުން އަންގާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި މަޙްޟަރުތަކާއި ޑޮކިއުމެންޓްރީ ހެކިތަކުން ކެޕްޗާކޮށް ހުށަހަޅާފައިވާ ބައިތައް ލިޔެގެން ފޯމުގައި ހިމަނައިދިނުމާއި ، އިނގިރޭސިބަހުން ހުރި ބޭރުޤައުމުތަކުގެ ކޯޓުތަކުގެ ނިންމުން ދިވެހިބަހުން ތަރުޖަމާ ހުށައެޅުމުގެ އިތުރުން، ބޭރު ޤައުމުތަކުގެ މައްސަލަތަކުގެ ރިޕޯރޓުތައް ހުށައެޅުމަށް އަންގާފައިވާކަމަށް ޝިޔާޒު ވިދާޅުވި އެވެ. 

ޝިޔާޒު އިތުރަށް ވިދާޅުވީ ކުރިމިނަލް ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމު ހައިކޯޓަށް ކްރިމިނަލް ކޯޓުން ފޮނުވިއިރު ބައެއް އެޓޭޗްމަންޓް އެ ފޯމުގައި ނެތުމުން އެ އެޓެޗްމަންޓްތައްވެސް ފޮނުވުމަށް ވެސް ހައިކޯޓުން އެދިފައިވާ ކަމަށެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފު އިސްލާހުކޮށް އަލުން ހުށައެޅުމަށް ހައިކޯޓުން ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް އަންގާފައިވަނީ މިއަދުގެ 12:58 ގައެވެ. 

ޤާނޫނު ބުނާގޮތުން ކްރިމިނަލް ކޯޓުން ނިންމާ މައްސަލައެއް އެންމެ ލަސްވެގެން ރަސްމީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ވާނެ އެވެ. މި މައްސަލައަށް ބަލާލާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން މިމަހުގެ 22 އާއި ހަމަޔަށް މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރައްވަމުން އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފުގައި ދަށު ކޯޓުން ހަދާފައިވާ ބޮޑެތި ގޯސްތައް ފާހަގަކޮށްފައިވާނެ ކަމަށާއި، ހައި ކޯޓުން އެ ގޯސްތައް ދަމަހައްޓާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ޑރ ޖަމީލު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ހިމާރުލް ގައުމު
ބަލަގަ ތިޔަހައިކޯޓަށްވެސް އެނުލަފާ ކަލޭގެ އެހަމަޖެއްސީ ތިޔަކަންވެސް ވިޔަނުދޭން ނޫ ންހެއްޔެވެ.
09 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ