ރޯމާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
10 Mar 2023 | 02:27
ސޮސިއެޑާޑް އަތުން މޮޅުވެ، ރޯމާ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި!

ޔުއެފާ ޔޫރޮޕާ ލީގު ދެވަނަ ބުރުގެ ފުރަތަަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް އިޓަލީގެ ރޯމާ އިން ޖެހިލައިފިއެވެ.

ރޯމާގެ ދަނޑުގައި މިރޭ ކުޅެވުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ރޯމާއަށް ލީޑު ނަގައިދިނީ އެޓީމުގެ އިޓަލީ މިޑްފީލްޑަރު އަލްޝަރާވީ އެވެ. މިއީ ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި ފޯވާޑް އަބްރަހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ރެއާލް ސޮސިއެޑާޑް އިން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޖަޕާން ފޯވާޑް ކޫބޯ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ރޯމާގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަަނަ ހާފު ފެށިގެން ރޯމާގެ އިޓަލީ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އަށް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދިނުމަށް ތަނުގެ ފުރުސަތެއްގައި ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސޮސިއެޑާޑްގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި ރޯމާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު، ފަހުހާފުގެ 87 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެންނުކުތް އަލްބޭނިއާ ޑިފެންޑަރު ކުމްބުއްލާ އެވެ. މިއާއެކު ފުރަތަަމަ ލެގުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

ދެވަަނަ ލެގުގައި މިދެޓީމު ސޮސިއެޑާޑް ދަނޑުގައި ކުޅޭ މެޗު، ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.