މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
10 Mar 2023 | 03:09
ފަސޭހަކަމާއި އެކު ރެއާލް ބެޓިސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި!

ޔުއެފާ ޔޫރޮޕާ ލީގު ދެވަަނަ ބުރުގެ ފުރަތަަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަަމަ ހާފުގައި ވަރަށް ކުރީކޮޅު ޔުނައިޓެޑްގެ އިގިރޭސި ފޯވާޑް ރަޝްފޯޑް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް ބެޓިސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަަމަ ހާފުގެ 32 ވަނަ މިނެޓުގައި ސްޕެއިންގެ ފޯވާޑް ޕެރޭޒް އެވެ.

ދެވަަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް އަކުން ލީޑު ހޯދައިދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންޓޮނީ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ހަމިނެޓު ފަހުން ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ ބުރޫނޯ ފެނާންޑޭޒްއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ވޯޓް ވެގްހޯސްޓްއެވެ.

މި ނަތީޖާއާއެކު ލީގުގައި އެންމެ ފަހުން ލިވަޕޫލްލ އަތުން ތަފާތުބޮޑުކޮށް ބަލިވި، ބަލިވުން ޔުނައިޓެޑުން ވަނީ ހަނދާން ނައްތާލާ، ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުން ދެ ލަނޑުގެ ތަފާތަކުން ބަލިވިއަސް ޔުނައިޓެޑަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.