އިންޓަނޭޝަނަލް ހައުސްކީޕާ ސަމިޓުގައި އެމް.އެޗް.އޭ އިން ރާއްޖެ ތަމްސީލު ކުރަނީ/
ހަބަރު
12 Mar 2023 | 12:03
ހައުސް ކީޕާސް އެސޯސިއޭޝަން ގެ އެނުއަލް ޖެނެރަލް މީޓިން މިރޭ ބާއްވަނީ!

މޯލްޑިވްސް ހައުސް ކީޕާސް އެސޯސިއޭޝަން (އެމް.އެޗް.އޭ) ގެ އެނުއަލް ޖެނެރަލް މީޓިން މިރޭ 9:00 ގައި ބާއްވަން ނިންމައިފި އެވެ. 

މިއީ އެ އެސޯސިއޭޝަނުން މިފަދައިން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. 

ހައުސް ކީޕާސް އެސޯސިއޭޝަން އަކީ ރިސޯޓުތަކުގެ ހައުސް ކީޕިން ދާއިރާގެ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމަށް ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ ހަމައެކަނި އެސޯސިއޭޝަނެވެ.

2008 ވަނަ އަހަރު ފޯރަމެއްގެ ގޮތުގައި ވުޖޫދުވި މަސައްކަތް ރަސްމީކޮށް އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ދިޔައީ 2021 ވަނަ އަހަރުގައެވެ.

އެހިސާބުން ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްސަކޮށް ހައުސް ކީޕިން އާއި ގުޅުންހުރި ކަންކަން ޕްރޮމޯޓުކޮށް، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުރިއެރުމަށް އެ އެސޯސިއޭޝަނުން ދަނީ ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ.

އެގޮތުން އެ އެސޯސިއޭޝަން މެދުވެރިވެގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރާއްޖެއިން ބޭރުގައި ތަމްސީލު ކުރެވޭނެ ފަހި ފުރުސަތުތަކެއް ދަނީ ހޯދާދެމުން ނެވެ. ރާއްޖެއިން ބޭރުގައި ބާއްވާ އެކި ސެމިނާތަކާއި ފޯރަމްތަކުގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ދައްކާލެވޭނެ ފުރުސަތުތައް ހައުސް ކީޕާސް އެސޯސިއޭޝަނުން ދަނީ ފޯރުކޮށްދެމުން ނެވެ. 

އެމް.އެޗް.އޭގެ މެމްބަރުން ރާއްޖެއިން ބޭރުގައި އޮތް ފޯރަމެއްގައި ހަރަކާތްތެރި ވަނީ 

ވަކިން ޚާއްސަކޮށް ދުނިޔޭގެ 18 ގައުމަކުން ބައިވެރިވާ އިންޓަނޭޝަނަލް ހައުސް ކީޕާސް ސަމިޓުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ފުރުސަތު އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހޯދާދީފަ އެވެ.

މިހާތަނަށް 11 ފަހަރު އެ ސަމިޓުގައި ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ. މިއިން ކޮންމެ ފަހަރަކުވެސް އެ ފުރުސަތު ރާއްޖެއަށް ފަހިވެގެން ދިޔައީ އެ އެސޯސިއޭޝަން މެދުވެރިވެގެންކަން ފާހަގަކޮށްލެވެއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުރަނު ތަރައްގީކޮށް އެމީހުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ހައުސް ކީޕާސް އެސޯސިއޭޝަނުން ދަނީ ފުޅާ ދާއިރާއެއްގައި ސީއެސްއާރު ޕްރޮގްރާމުތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ދާދި ފަހުން އެ އެސޯސިއޭޝަނުން އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ވަނީ ހިންގާފައެވެ. 

އެމް.އެޗް.އޭ އިން ފުވައްމުލަކުގައި ހިންގި ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިން ބައެއް ތަކެތި ހަވާލުކުރަނީ

އެ ޕްރޮގްރާމުގެ ތެރެއިން މުވައްފުލަކު ސުކޫލުތަކާއި، ފުވައްމުލަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ އިދާރީ ހިންގުމަށް ބޭނުންނަށް ގިނަ ވަސީލަތްތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. އަދި ހަމަ އެހެންމެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފަހި ފުރުސަތުތަކަށް ދަރިވަރުން އަހުލުވެރިކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ވަނީ ފުވައްމުލަކުގައި ހިންގާފަ އެވެ. 

އެމް.އެޗް.އޭ އިން ފުވައްމުލަކުގައި ހިންގި ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިން ބައެއް ތަކެތި ހަވާލުކުރަނީ

މިރޭ ބާއްވާ ހައުސް ކީޕާސް އެސޯސިއޭޝަންގެ އެނުއަލް ބައްދަލުވުމުގައި މިއަހަރަށް އެ އެސޯސިއޭޝަނުން ކުރުމަށް ރާވާފައިވާ ކަންކަމާއި ގުޅޭ އެކްޓިވިޓީ ކަލަންޑަރު އިފްތިތާހު ކުރާނެއެވެ. 

އެ އެސޯސިއޭޝަނުން ބުނީ ހައުސް ކީޕިން ދާއިރާ ތަރައްގީ ކުރުމަކީ އެ އެސޯސިއޭޝަންގެ މައިގަނޑު އަމާޒު ކަމަށެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހަމަ ކޮންމެ މީހަކަށްވެސް ހައުސް ކީޕާސް އެސޯސިއޭޝަންގެ މެމްބަރަކަށް ވެވޭނެ ކަމަށާއި، އެސޯސިއޭޝަންގެ މަސައްކަތް ކުރިއަރުވާ، ފުޅާކުރުމަށް އެހީތެރިވެދީ ބައިވެރިވެވޭނެ ކަމަށް ހައުސް ކީޕާސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި އެސޯސިއޭޝަނުން ބުނީ އެސޯސިއޭޝަންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ވީހާވެސް ގިނަ މެމްބަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މެމްބަރުން ހުށައަޅާ ބިނާކުރަނިވި ޚިޔާލުތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.