ފިލިޕް ބިލިންގ ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
11 Mar 2023 | 21:39
ޓޭބަލްގެ ފުލުގައި އޮތް ބޯންމައުތު އިން ލިވަޕޫލް ބަލިކޮށްފި!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ތާވަލުގެ ފުލުގައި އޮތް ބޯންމައުތު އަތުން ބަލިވެ ގަދަ ހަތަރެއްގައި ހިމެނުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅިއްޖެއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް 7 ލަނޑުޖެހި ލިވަޕޫލް މިރޭގެ މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވި ނަމަ ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ލިވަޕޫލްއަށް އޮތެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުޞަތު ހޯދާފައި ވަނީ ލިވަޕޫލުންނެވެ. މިގޮތުން ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ލިވަޕޫލްގެ ނެދަލޭންޑްސް ޑިފެންޑަރ ވެން ޑައިކަށް ލަނޑެއްޖަހަން ލިބުނު ހުސް ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ބޯންމައުތުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއު ކޮށްލާފައެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބޯންމައުތުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޑެންމާކް މިޑްފީލްޑަރ ފިލިޕް ބިލިންގ އެވެ. މިއީ އެޓީމުގެ ފޯވާޑް ޑަނގޯ އޮއުޓާރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ލިވަޕޫލަށް ލިބިފައިވެއެވެ. ލިވަޕޫލްގެ ޕޯޗުގަލް ފޯވާޑް ޑިއެގޯ ޖޮޓާ ބޮލުން ފޮނުވައިލި ހަމަލާ ބޯންމައުތުގެ އޭރިއާތެރެއިން އެ ޓީމްގެ އެޑަމް ސްމިތު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ މުހައްމަދު ސަލާހް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.މި

މެޗުން ބަލިވުމުން މިވަގުތު ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް ޓޮޓެންހަމަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު ޓޮޓެންހަމަށް އެބައޮތެވެ.

މި މެޗު ފެށިއިރު ތާވަލުގެ ފުލުގައި އޮތް ބޯންމައުތަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 26 މެޗުން  24 ޕޮއިންޓް ހަމަކޮށް ރެލިގޭޝަން ޒޯނުން ބޭރުވެ ތާވަލުގެ 17 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.