ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Mar 2023 | 13:23
ޝީ ގެ ތިންވަނަ ދައުރުގައި ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެ

ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް ޝީ ޖިންޕިންގް އިންތިޚާބު ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ. 

އުމުރުން 69 އަހަރުގެ ޝީ ޖިންޕިންގް އަށް ތިންވަނަ ދައުރެއް ޔަޤީންވެފައިވަނީ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނަަށް ގެނައި އިސްލާހާއެކުގައެވެ. އެގޮތުން އެ ޤައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރަކަށް ކަަމަށް ބަޔާން ކުރާ މާއްދާ ވަނީ އުވާލާފައެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ، ހުކުރު ދުވަހު އޮތް ޖަލްސާގައި ބައިވެރިވި 2،952 މެންބަރުން ވަނީ ޝީ އަށް ތިން ވަނަ ދައުރެއް ދެއްވުމަށް ވޯޓު ދީފައެވެ. އެމަނިކުފާނާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއެވެ.

އެކަމާއި ގުޅިގެން ރައީސް ޞާލިހް މެސެޖް ކުރައްވާފައިވާ ކަން ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ.

އެގޮތުން ޗައިނާގެ އެމްބަސީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ޗައިނާގެ ރައީސް ޝީއަށް މަރުހަބާ ވިދާޅުވެ ރައީސް ޞާލިހް ފޮނުއްވި މެސެޖުގައި، ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް ޞާލިހު ފާހަގަކުރައްވައިފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ޗައިނާ އެމްބަސީން ބުނެފައި ވެއެވެ. 

"ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕާއި ތަސައްވުރަށް ޗައިނާގެ ރައްޔިތުން ދެއްވަމުންދާ އިތުބާރު ދެމެހެއްޓުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމދު ސޯލިހް ކާމިޔާބީއަށް އެދިވަޑައިގެންނެވި،" ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީންކުރި ޓްވީޓެއްގައި ބުންޏެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. ރާއްޖޭގެ ތަރައްގީގައި މުހިންމު މަޝްރޫތަކެއް ޗައިނާގެ އެހީގައި ކުރިއަށް ގެންގޮސްފައި ވާއިރު ރާއްޖެ އާއި ޗައިނާގެ ގުޅުމުގައި ދިގު ތާރީހެއް އެބަ އޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.