އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
13 Mar 2023 | 01:35
އާސެނަލް ފަސޭހަކަމާއި އެކު މޮޅުވިއިރު، ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ!

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެއްވަނައިގައި އޮތް އާސެނަލް ފަސޭހަކަމާއި އެކު މޮޅުވި އިރު ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑަށް މިރޭ މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

އާސެނަލް ރަށުން ބޭރުގައި ފުލަމް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން މެންޗެސްޓަރ ޔުނައިޓެޑަށް ހޯދުނީ 0-0 ގެ ނަތީޖާއެކެވެ.

ފުލަމްގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުގެ އެމެރިކާ ޑިފެންޑަރު އެންޓޮނީ ރޮބިންސަން އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެ ހަމަލާ އުފެއްދި އިރު އާސެނަލްގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުން އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން އާސެނަލް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އާސެނަލްގެ ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ނޯވޭގެ ޒުވާން މިޑްފިލްޑަރު މާޓިން އޮޑެގާޑް އެވެ. އަދި މި ތިން ލަނޑުޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އެޓީމާއި ގުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރު ލިއަންޑްރޯ ޓްރޮސާޑް އެވެ.

ދެވަަނަ ހާފުގައި ފުލަމް އިން ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލި ނަމަވެސް މި މެޗުގައި އެޓީމަށް އާސެނަލްގެ ގޯލު ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. 

މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި މިރޭ ސައުތެމްޓަން އާއި ދެކޮޅަށް އެޓީމު ކުޅުނު މެޗުގެ ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑުބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއި އެކުގައެވެ. މި މެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައިވާއިރު މި މެޗު އެއްވަރުވުމުން ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑާއި ދެމެދުގައި އޮތް ފަރަގު ވަނީ 9 ޕޮއިންޓަށް ފުޅާވެފައެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 27 މެޗުން އެޓީމަށް ވަނީ 66 ޕޮއިންޓް ލިބިފައެވެ. އާސެނަލް އަތުން ބަލިވި ފުލަމްއަށް 27 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 26 މެޗުން މެންޗެސްޓަރ ޔުނައިޓެޑަށް 50 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ތިން ވަނައިގައެވެ. އަދި ލީގު ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަންއަށް މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 26 މެޗުން އެޓީމަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.