އަމީނީމަގު، މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢޫ އަދިވެސް ދަނީ ކުރިއަށް. ފޮޓޯ: ވޮއިސް
ހަބަރު
13 Mar 2023 | 19:50
އަމީނީމަގުގެ އެއްބަސްވުމާއި ކުރެހުން ސިއްރުނުކުރެވޭނެ ކަމަށް ހައިކޯޓުން ބުނެފި

އަމީނީމަގު ހެދުމަށް ވެވުނު އެއްބަސްވެވުމާއި ކުރެހި ކުރެހުމުގެ މައުލޫމާތު ސިއްރު ނުކުރެވޭނެ ކަމަށް ހައިކޯޓުން ބުނެފައެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އަމިއްލަމީހަކު، އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅިގެން ފަސް ކަމެއް ސާފުކުރުމަށް ޕްލޭނިން މިނިސްޓްރީއަށް ހުށައަޅައި އޭގެ ތެރެއިން މަޝްރޫޢުގެ ތަފުސީލީ ކުރެހުމާއި، މިނިސްޓްރީއާއި އާރުޑީސީގެ މެދުގައި ހެދި އެއްބަސްވުން ހާމަނުކުރުމަށް އެމިނިސްޓްރީން ނިންމިއެވެ. އެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކުރުމުން ކޮމިޝަނަރު ނިންމެވީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ..

ނަމަވެސް އިންފޯމޭޝަން ކޮމިޝަނަރުގެ ނިންމެވުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހައިކޯޓުގައި މިނިސްޓްރީން އެ ނިންމުން އިސްތިއުނާފުކުރިއެވެ. މިއަދު ހައިކޯޓުގައި އޮތީ މައްސަލައިގެ ހުކުމް އިއްވުމެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ތާއީދު ކުރުމަށެވެ. އަދި މި ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ސަބަބު ބަޔާން ކުރުމެއް ނެތި މައުލޫމާތު ދޭން ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބަލަން ފެށުމުން އާ ސަބަބުތަކެއް ނުދެއްކޭނެ ކަމަށް ހުކުމްގައި ބުނެފައިވެއެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ ގާނޫނުގައި ބުނާ އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައުލޫމާތަކީ ގާނޫނުގައި ބުނާ ފަދަ އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތެއް ކަން ޕްލޭނިން މިނިސްޓްރީއަށް ކޯޓުގައި ބުނެދެވިފައެއް ނުވާ ކަމަށާއި،  އެ މައުލޫމާތު ދޭން ދެކޮޅު ހަދަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، ތިން ވަނަ ފަރާތުގެ ތެރޭގައި ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އާރުޑީސީއަކީ ވެސް ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށިތާ އެތައް ދުވަހެއް ވެފައި ވާއިރު މަގުހެދުމުގެ މަސައްކަތުން އަދި ނިމިފައިވަނީ ކުޑަ މިންވަރެކެވެ. މި މަޝްރޫޢާއި ގުޅިގެން ސަރުކާރަށް އެތައް ފާޑުކިޔުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ