ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު: އޭނާއާ މިއަދު ވަނީ ކުރިމިނަލް ކޯޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި--
ހަބަރު
14 Mar 2023 | 09:45
ކްރިމިނަލް ކޯޓް ހިންގުން ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން، ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި އެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޝަކީލް  2023 މާރިޗު 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވުމާ ގުޅިގެން ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން 13 މާރިޗު 2023 އިން ފެށިގެން އެކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދާ ހަވާލުކުރެވުފައިވާ ކަމަށެވެ. 

އަދި މި ނިންމުން ނިންމާފައިވަނީ 2023 މާރިޗު 05 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 19 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ބުނެފައިވެއެވެ. 

ކްރިމިނަލް ކޯޓުގެ އިތުރުން ގއ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަންވެސް ވަގުތީ ގޮތުން ގާޒީއަކާއި ވަނީ ހަވާލުކޮށްފައެވެ. 

އެގޮތުން ގއ. ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ހަވާލުކޮށްފައޖވަނީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޒީމް ޙަސަންއާއެވެ. އިއްޔެއިން ފެށިގެން އޭނާ އާއި ގއ ޖުޑީޝަލް ދާއިރާ ހަވާލު ކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި، އިބްރާހީމް އިޙްސާން 2023 މާރިޗު 13 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ ހުވާކުރެއްވުމާއި ގުޅިގެން ނެވެ.

އަޒީމް ޙަސަންއާ ގއ ޖުޑީޝަލް ދާއިރާ ހަވާލުކުރުމަށް ނިންމާފައިވަނީ 2023 ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ 17 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.