ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)-- ފޮޓޯ/ މަޖިލިސް
ހަބަރު
14 Mar 2023 | 11:17
އިންތިޚާބުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ހުއްޓާލަން ގޮވާލައި ޤަރާރެއް މަޖިލީހަށް

ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީ އިންތިހާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަން ކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހި ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. 

އިންތި ހުށަހެޅުއްވި ޤަރާރުގައި ވަނީ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދިއުމާ މެދުގައި އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާތަކުން މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިތުބާރު ކުރުވަނިވި ހައްލެއް ހޯދިފައި ނުވާތީ އިންތިހާބުތައް އިންސާފުވެރި ކުރުވުމަށާއި މިނިވަން ކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހި ކުރުމަށް ގޮވާލައިފައެވެ.

އަދި ޑިމޮކްރަސީގެ މައިގަނޑު އެއް އަސާސަކީ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި އިންތިހާބު ބޭއްވުމަށް ޖާގަ ކަށަވަރުވެފައި އޮތުން ކަމަށްވުމާއި ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުގެ ކަށަވަރުކަން ދީފައިވުމުން އެއީ މިނިވަން އަދި އިންސާފުވެރިކޮށް ހިނގާ ޕްރޮސެސްއަކަށް ވާން ޖެހޭނެ ކަމަށް އެ ގަރާރުގައިވެއެވެ.

އެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް އިންތިޚާބުތައް އިންސާފުވެރިކުރުމާއެކު މިނިވަން އިންތިޚާބުތައް ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން އެ ވައުދު ތަންފީޒުކުރަމުންދާތައް ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ސާފު ސިޔާސަތެއް ގެންގުޅޭކަން އެނގެން ނެތްކަމަށާއި، އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުވައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ އިސްވެރިން ވާދަކުރައްވާ އިންތިޚާބުތަކުގައި ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައިގެން ކެމްޕެއިން ދަތުރުތައް ކުރަމުންދާކަމަށާ، އެފަދައިން ރަސްމީ ދަތުރާއި ކެމްޕެއިން ދަތުރުތައް އެއްކޮށްލައިގެން ކުރަނީ ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުން ކެމްޕޭނުގައި އޮޅުވާލައިގެން ބޭނުންކުރުމަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އިންތިގެ ގަރާރުގައި ވެއެވެ. އަދި އެއީ އިންތިޚާބަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވުންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އިންތިހާބުތަކުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް އިތުރުކޮށް ވަޒީފާތައް ހުށަހަޅައިގެން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާތީ އާއި ސަރުކާރު ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕެއިން ކުރުމަށް މަޖްބޫރު ކުރުވުމާއި އެގޮތަށް އެކަން ނުކޮށްފި ނަމަ، ސަރުކާރުގެ ސިޔާސީ ވަޒީފާގައި ދެމިނުހުރެވޭނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އަދި އިންތިޚާބުތަކުގެ ތެރޭގައި ސަރުކާރުން އަންނަނީ މަޝްރޫޢުތަކާއި އެސްއެމްއީ ލޯނުތައް އިއުލާނުކޮށް ސަރުކާރުން ތާއީދުނުކުރާ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ މަޝްރޫޢުތައް ހުއްޓައިލާނެކަމުގެ މޭރުމަކުން ސަރުކާރުން ވާހަކަދައްކައި އިންޒާރުދެމުންދާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މިއާއެކު، ދައުލަތުގެ ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދީ، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕެއިންކޮށްދީ އިންތިހާބުތަކަށް ނާޖައިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ ސަރުކާރުން އިންތިހާބުތަކަށް ނާޖައިޒު ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

އަދި އިންތިޚާބުތަކަށް ނާޖާއިޒު ބާރާއި ނުފޫޒު ފޯރުވުން ހުއްޓައިލުމާއެކު، އިންތިޚާބުތައް އިންސާފުވެރިކޮށް މިނިވަންކުރުމަށް އެމްޑީޕީން ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކުރުމަށް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.