ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ސަން
ހަބަރު
14 Mar 2023 | 17:10
53 މިލިއަން ދައްކަން އެންގި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުފާނުކޮށްފި

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ 6 މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 

އެ ފައިސާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އަމުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 26 ގަ އެވެ. 

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރުގެ އިތުރުން އެ ފައިސާއަށް އެއްކޮށްފައިވާ 2.4 މިލިއަން ޑޮލަރާއި އަދި އޭގެއިން އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ އެމަނިކުފާނުގެ ނަމުގައި އެޗްއެސްބީސީ، ބެންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައިންޓްތަކަށް ޖަމާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އަދި އެ އެކައުންޓްތަކުގައި ހުރި އިތުރު ފައިސާއާއެކު ޖުމްލަ 3.4 މިލިއަން ޑޮލަރު އެމްއައިބީ އެކައުންޓަށް ޖަމާކޮށް 36 މަސް ދުވަހުގެ ތެރޭގައި އިންވެސްޓްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ވަނީ ޖުމްލަ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުދިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކާ ހަލާސް ކުރަން އަމުރުކޮށްފަ އެވެ.  

އެހެން ނަމަވެސް، ޝަރުއީ 3 މަރުހަލާ ނިމުމުގެ ކުރިން އެ ފައިސާ ދައްކަން ނުޖެހޭނެކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައެޅީ އިއްޔެކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. 

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ހުކުންވެސް މިހާރު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

ކޮމެންޓް
އަލީ ރަޝީދު
ތިޔަ ފައިސާ ދައްކާށެވެ. ތިޔައީ ރައްޔިތުންގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފައިހުރި ފައިސާއެވެ. މިއަދު ނުދިނިއްޔާ ކޮންމެވެސް ދުވަހަކުން ދިވެހިން ތިޔަ ފައިސާ ނޫނިއްޔާ ތިޔަ ފައިސާއިން ހަދަމުންދާ ގަޑުވަރު އަތުލާނެއެވެ.
14 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.