ޑޭވިޑް ޖޭމްސް އެފްއޭ ކަޕް ޓްރޮފީއާ އެކު
ކުޅިވަރު
14 Mar 2023 | 17:45
ސްޕޯޓްސް އެވޯޑް ނައިޓްގައި ބައިވެރިވުމަށް ޑޭވިޑް ޖޭމްސް ރާއްޖެއަށް!

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ބައިވެރިވުމަށް އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް ރާއްޖެ އަތުވެއްޖެއެވެ.

އެވޯޑް ނައިޓުގައި ބައިވެރިވުމަށް މިއަދު ހެނދުނު ޖޭމްސް ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަލަ އެއާޕޯޓުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

1995 ވަނަ އަހަރު ލިވަޕޫލާއެކު ލީގު ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2008 ވަނަ އަހަރު ޕޯޓްސްމައުތާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ޖޭމްސް ވަނީ 2000 ވަނަ އަހަރު އެސްޓަން ވިލާ، 1996 ވަނަ އަހަރު ލިވަޕޫލް އަދި 2010 ވަނަ އަހަރު ޕޯޓްސްމައުތާއެކު އެފްއޭ ކަޕްގެ ރަނަރަޕް މެޑަލް ހޯދާފައެވެ.

2010 ވަނަ އަހަރު އުމުރުން 39 އަހަރުގައި ޕޯޓްސްމައުތާއެކު އެފްއޭ ކަޕް ފައިނަލުގައި ކުޅުނު ޖޭމްސް އަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވި ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބައިވެރިވި އެންމެ ދުވަސްވީ ގޯލްކީޕަރަށެވެ.

ސްކައިސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޖޭމްސް އޭނާގެ ފުޓުބޯޅަ ކެރިއަރު 1988 ވަނަ އަހަރު ފެށީ އިނގިރޭސި ކުލަބު ވަޓްފޯޑުންނެވެ. އަދި 1992 ވަނަ އަހަރު އޭނާވަނީ އިގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ލިވަޕޫލްއަށް ބަދަލުވެފައެވެ. މީގެ އިތުރުން އެސްޓަން ވިލާ, މެންޗެސްޓާ ސިޓީގެ އިތުރުން ޕްރެމިއާ ލީގުގެ ޕޯޓްސް މައުތަށް ކުޅެފައިވާ ޖޭމްސް 2010 ވަނަ އަހަރު ޕްރެމިއާ ލީގުދޫކޮށް ޗެމްޕިއަންޝިޕް ކުލަބު ބްރިސްޓަލް ސިޓީއަށް ބަދަލުވި އެވެ.

އަދި ކެރިއަރުގައި ފަހުބައިގައި ބޯންމައުތުގެ އިތުރުން އައިސްލޭންޑުގެ ކުލަބެއްކަމަށްވާ އައިބީވީ އަށާއި އިންޑިއާގެ ކެރެލާ ބްލާސްޓާސްއަށް ވެސް ޖޭމްސް ވަނީ ކުޅެފައެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިގިރޭސި ޓީމަށް ކުޅުނު ޖޭމްސް ވަނީ ގައުމީ ޓީމަށް 53 މެޗު ކުޅެދީފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަށް ޖޭމްސްއާއެކު ޕެރަލިމްޕިކް ރަން މެޑަލް އެތުލީޓު މާލޯ ވެން ރީންއާއި ކުރީގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ބްރިއަން ލާރާއާއި ފުޓުބޯޅައިގެ ތާރީހުގައި ބެލެންޑޯ ހޯދި ހަމައެކަނި ޑިފެންޑަރު ފަބިއޯ ކަންނަވާރޯ ވެސް ބައިވެރިވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.