ހާލަންޑް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
15 Mar 2023 | 01:54
ފުރަތަަމަ ހާފުގައި ހާލަންޑް ކަމިޔާބު ކުރި ހެޓްރިކާއެކު މެންޗެސްޓަރ ސިޓީ ކުއާޓާ ފައިނަލަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަަނަ ބުރުގެ ދެވަަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ. 

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗު އެޓީމުން ކާމިޔާބުކުރީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މިދެޓީމު ލައިޕްޒިގް ގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުގެ މެޗު 1-1 އެއްވަރު ވެފައި އޮތުމުން މިރޭގެ މެޗު މެންޗެސްޓަރ ސިޓީއިން ފެށީވެސް ވަރަށް ވަރުގަދަކޮށެވެ.

މިރޭގެ މެޗުގައި ސިޓީގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް ހާލަންޑް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ލައިޕްޒިގް ގެ ފަހަތުން ހެނދުނު ގޯހެއްގެ ފައިދާ ނަގައި ހާލަންޑް ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެވަަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ގުންޑޮގާން ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހާލަންޑް ވަނީ ޗެމްޕިއަންސްލީގުގެ ތާރީޚްގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑުޖެހި ބުރެޒިލްގޭ ލުއިސް އެޑްރިއާނޯ އާއި މެސީގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

މިރޭގެ މެޗުގައި ކާމިޔާބުކުރި ފަސް ލަނޑާއި އެކު މިސީޒަނުގައި ޗެމްޕިއަންސްލީގުގައި ކުޅުނު ހަ މެޗުގައި ހާލަންޑް ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ހާލަންޑް ޗެމްޕިއަންސްލީގުގައި މިހާތަނަށް ކުޅުނު 25 މެޗުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 33 އަށް އަރާފައެވެ.

މިރޭގެ މެޗުގައި މެންޗެސްޓަރ ސިޓީއިން ކާމިޔާބުކުރި 7 ވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.