ޤާސިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Mar 2023 | 13:30
ޖޭޕީގެ ނިންމުމާއެކު ވަޒީރުން އިސްތިއުފާ ދެއްވަން ޖެހެންޏާ ރައީސް ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހޭ: ޤާސިމް

ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނިންމުމާއެކު މިހާރު ސަރުކާރުގެ މަޤާމުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި އެހެން ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއެކު، މިހާރު ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބަވާ ޖޭޕީގެ ބޭފުޅުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދައްކަވަމުންދާ ވާހަކަތަކަށް މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްދުދެއްވާ ވާހަކަދައްކަވަމުން ނެވެ. 

ޤާސިމް ވިދާޅުވީ އެންމެ ފުރަތަަމަ އެ މެމްބަރުން 2018 ވަނަ އަހަރު ހެދި ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުން އަމަލުކޮށްފައިވޭތޯ ބައްލަވަންޖެހޭ ކަމަށެވެ. 

2018 ވަނަ އަހަރު ހެދި ކޯލިޝަން މިއަހަރުގެ ނޮވެމްބަރާއި ހަމަޔަށް ނިމޭނެ ކަމަށާއި، ދެން އަންނަ އިންތިޚާބެއްގައި ޖޭޕީން ވާދަކުރާނެ ގޮތަކީ މިހާރު އޮތް ކޯލިޝަން އެއްބަސްވުމާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޤާސިމް ވިދާޅުވި އެވެ. 

އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ނިކުންނަން ނިންމި ނިންމުމާއި ގުޅިގެން ޖޭޕީގެ ވަޒީރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ 2018 ވަނަ އަހަރު ވެރިކަމަށް އަންނަން ޖޭޕީއާއެކު ކޯލިޝަން ހެއްދެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

"މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހަށް ދެމިގެންދާ އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްގެން މި ސަރުކާރުގައި މި ތިބީ. އެހެންކަމަށް ވަންޏާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހިވަޑައިގަންނަވާނީ އިސްތިއުފާދެއްވަން. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވަން، އެހެން ނޫން ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް ދެއްވާފައިވާ މަޤާމުތަކެއް ދެއްވާފައިވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫން. އެެހެން ނަމަވެސް އަޅުގަނޑުމެން އެއްބަސްވެ އެކަށައަޅާފައިވާ ގޮތެއްގެ މަތިން ކުރައްވަން ބޭނުންފުޅުވާ ކަންތައްތަކެއްގެ ތެރެއިން ބައިކުޅަ ބައެއްވެސް ދެވުނުތޯ އަމިއްލަފުޅަށް ވިސްނާވަޑައިގަތީމަ އެނގުވަޑައިގަންނަވާނެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ވެސް ތިއްބެވީ ދިވެހި ރައްޔިތުންތަކެއް ކަމަށެވެ. 

ސަރުކާރުގައި ތިބެގެންވެސް ޖޭޕީގެ މެމްބަރުން ގެންދަވަނީ ދައުލަތަށް ޚިދުމަތް ކުރައްވަމުން ކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ސަރުކާރުން ބޭނުން ނުވާގޮތަކަށް ނިންމުމެއް ނިންމާފައިވާތީ، ދައުލަތަށް ޚިދުމަތް ކުރުން ހުއްޓާލާ އިސްތިއުފާދެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެހެންކަމުން ކޯލިޝަން އެއްބަސްވުން ހަމަވުމުގެ ކުރިން ޖޭޕީގެ އެއްވެސް މެމްބަރެއް ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ނުދެއްވުމަށް ޤާސިމްވަނީ އެ މެމްބަރުންނަށް އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.