މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ
ހަބަރު
16 Mar 2023 | 06:11
ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ޖެހޭނީ އިސްތިއުފާދޭން: ރާއީ

ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ޖެހޭނީ އިސްތިއުފާ ދޭން ކަމަށް މަކުނުދޫ ދައިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.

ރައީ ވިދާޅުވީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފިނަމަ ސަރުކާރުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ރާއީ އިންޒާރު ދެއްވިއެވެ.

"މި ހުރިހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ޖޭޕީއަށް ދީގެން މި ތިބެނީ މިތާ ތިބި މެމްބަރުން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ. މިއަދު ރައީސް އަށް ދޯކާދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަން ކުރިއަކަށް ނުދޭނަން." ރާއީ ވިދާޅުވިއެވެ.

ލަދުހަޔާތެއް ހުރިއްޔާ ޖޭޕީ ސްލޮޓު ތަކުގައި ތިބި ނުވަތަ މަގާމުތަކުގައި ތިބި މީހުން ޖެހޭނީ އިސްތިއުފާ ދޭން ކަމަށާއި، ރައީސް އަށް ވަފާތެރި ނުވާނަމަ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

މަޖިލީހުގައި ރާއީ މިގޮތަށް ވާހަކަ ދައްކަވައިފައިވާއިރު ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީ އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމައި އެކަން އިއްލާނުކޮށްފައެވެ.

މިހާރު އޮތް ސަރުކާރު އައިސްފައިވަނީ އެމްޑީޕީ އާއި ޖޭޕީ ޢަދާލަތު އަދި އެމްއާރްއެމް ގެ ކޯލިޝަންގެ ދަށުންނެވެ. އިންތިޚާބު ގާތް ވަމުން އަންނައިރު ޖޭޕީ އިން މިވަނީ ކޯލިޝަނާއި ވަކިވެ ވާދަކުރުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.