ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 Mar 2023 | 15:51
އެމްއާރްއެމްއިން ރައީސް ޞާލިހާއި ބައްދަލުކޮށް ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެދި މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަށްވެސް ރައީސް ޞާލިހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީއާއި ގުޅިގެން ވަކި ގޮތެއް ނުނިންމާ މިހާރު އޮތީ އެމްއާރްއެމުން އެކަންޏެވެ.

އެމްއާރްއެމް އިން ގޮތެއް ނިންމުން ލަސްވީ ޕާޓީގެ ޒައީމް، މައުމޫން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. އެ ޕާޓީން އޭރު ބުނީ މައުމޫން މާލެ ވަޑައިގަތުމުން ގޮތް ނިންމަވާނެ ކަމަށެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މީގެ ދެތީން ދުވަސް ކުރީންނެވެ. 

އެމްއާރްއެމްއިން ގޮތެއް ނުނިންމައިގެން ސަރުކާރަށް ތާއީދު ކުރައްވާ ބައެއް އެމްޑީޕީގެ މެންބަރުން ވެސް ނުރުހުން ފާޅުކުރައްވާފައި ވަނިކޮށް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ޞާލިހާއި އެކު އެމްއާރްއެމްގެ އިސް ބޭފުޅުން ވަނީ ބައްދަލު ކުރައްވާފަ އެވެ. 

އެ ބައްދަލްވުމުގައި އެމްއާރްއެމް ގެ ފަރާތުން އެ ޕާޓީގެ ޒަޢީމް ރައީސް މައުމޫނާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި އެ ޕާޓީގެ ނާއިބު ރައީސް އާާއި ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ ރައީސް ޞާލިހުގެ އިތުރުން އެޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. 

އެ ބައްދަލްވުމަށް ފަހު އެމްއާރްއެމް އިން ބުނީ ކޯލިޝަން ހެދުމާއި މެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެމްއާރްއެމްގެ ލީޑާޝިޕާއި ރައީސް ސޯލިހްގެ މަންދޫބުންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސް ވެވިފައިވާ ކަމަށެވެ.

އަދުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުގެ ތެރެއިން އަދާލަތު ޕާޓީން ސަރުކާރާއި ގުޅެން ނިންމާފައިވާއިރު، ޖޭޕީން ނިންމީ އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށެވެ. އަދި ރައީސް ޞާލިހާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރެވުނު އެމްޑީއޭ އިން ވަނީ އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.