ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހަބަރު
20 Mar 2023 | 10:05
ހިޔާ ފްލެޓު ކުލި ކުޑަކުރުމަށް އެދުމުން ރައީސް ޞާލިހު ދެއްވީ 3 އޮޕްޝަނެއް!

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރެވިދާނެ އޮޕްޝަންތަކެއް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވާކަމަށް ހިޔާ ފްލެޓުތަކުގެ ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ބޭފުޅަކު "ވޮއިސް" އަށް ވިދާޅުވެއްޖެ އެވެ. 

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމަށް އެދި ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު އަޑުއުފުލާ، ކުލި ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާ މި ދަނޑިވަޅުގައި ހިޔާ ފްލެޓުތަކުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ރައީސް ޞާލިހުވަނީ މިއަދު ބައްދަލުކުރައްވާފަ އެވެ. 

އެ ފަރާތްތަކާއި ރައީސް ޞާލިހު މިއަދު ބައްދަލުކުރައްވާފައިވަނީ ހިޔާ ފްލެޓުތަކުގެ ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރުމަށް އެމަނިކުފާނާ ބައްދަލުކުރުމަށް އެދި ފްލެޓުތަކުގެ މަންދޫބުން އެތައް ފަހަރެއްގެ މަތިން އެދުމުންކަމަށް ވޮއިސްއަށް މައުލޫމާތު ދިން ބޭފުޅާ ވިދާޅުވި އެވެ. 

މިއަދުގެ އެ ބައްދަލުވުމުގައި ކުއްޔާއި ގުޅޭގޮތުން ރައީސް ޞާލިހު ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ކުލި ކުޑަކުރެވިދާނެ އޮޕްޝަންތަކެއް ދެއްވާފަ އެވެ.

އެގޮތުން އެއް ގޮތަކީ އެޕަރޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުންކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ޙާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލިކުޑަކޮށް ދެވިދާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ތިންވަނަ އޮޕްޝަނަކަށް ހިޔާ މަޝްރޫއުގެ ލޯނު 30 އަހަރަށް ދަންމާލައިގެން ފްލެޓުތަކުގެ ކުލި މިހާރަށްވުރެ ކުލި ކުޑަކުރެވިދާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެހެން ނަމަވެސް، ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް ހަމަހަމަ އުސޫލެއް ޤާއިމުކުރުމަށް ބައްދަލުވުމުގައި ބައިވެރިން ވަނީ ހުށައަޅާފަ އެވެ. 

ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

"ރައީސް ވިދާޅުވީ ރޯދަަހުގެ ކުރިއަށް ތިކަން ވޭތޯ (ކުލި ކުޑަކުރެވޭތޯ) ބެލީމޭ، އެކަމަކު ކަންތައްތައް ހުރިގޮތުން ވާގޮތެއް ނުވިއޭ. 3 އޮޕްޝަނެކޭ އޮތީ، 1 އޮޕްޝަނަކީ މިދޭތެރެއިން އެޗްޑީސީ މެދުވެރިކޮށް ސާވޭއެއް ކުރީމޭ.. 970 މީހުންނޭ ބުނީ ކުލި ބޮޑުކަމަށް. ދެން އަހަރުމެން ބުނިން ތި އަދަދެއް ނާންނާނެއޭ. މައުލޫމާތު ނުބައޭ. ދެން ބުނިން ކުލި ކުޑަވާން ޖެހޭނީ އެންމެނަށް އެއްކޮށޭ. އެހެން ބުނީމަ ބުނީ ދެން އޮތް ގޮތަކީ ސަރުކާރުން ލޯނުގެ މުއްދަތު 30 އަހަރަށް އިތުރުކޮށްފައި އެއްކޮށް ކުލި ކުޑަކޮށްލުމޭ. ދެން އަހަރުމެން ބުނިން ތިޔޭ އަސްލު ބޭނުންވާ ގޮތަކީ"

ހިޔާ ފްލެޓުގެ ކުލީގެ މައްސަލައިގައި ރައީސް ޞާލިހާއި ބައްދަލުކުރެއްވި ބޭފުޅެއް 

ރައީސް ޞާލިހު މިފަދައިން ވިދާޅުވި ނަމަވެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭނެ ވަކި މުއްދަތެއް އެ ބައްދަލުވުމުގައި ވިދާޅުވެފައެއް ނުވެއެވެ. އަދި ކުޑަކޮށްދޭނެ ވަރެއްވެސް ހާމަކުރައްވާފައެއް ނުވެއެވެ. 

އެ ބައްދަލުވުމުގައި ރައީސް ޞާލިހު ހަމައެކަނި ވިދާޅުވީ ލޯނުދައްކާ މުއްދަތު 30 އަހަރަށް ދަންމާލައިގެން ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ދައްކަންޖެހޭ ކުލި ކުޑަކުރެވިދާނެ އޮޕްޝަން އޮތް ވާހަކައެވެ. 

"އޭނާ އެއްބަސްވި ކުލި ކުޑަކޮށްދޭނެކަމަށް. އެކަމަކު ވަކި މުއްދަތެއް ވިދާޅެއް ނުވޭ. ދެން ސީދާ ވަކި ވަރެއްވެސް ވިދާޅެއް ނުވޭ. ވިދާޅުވީ ލޯނު ދައްކާ މުއްދަތު 30 އަހަރަށް ހަދާފަ ކުލި ކުޑަކުރެވިދާނެކަމަށް. އަހަރުމެން އުންމީދު ކުރަނީ ރައީސް ޔާމީންގެ އިރު އޮތް ވަރަށް އެންމެ ކުޑަވެގެން ބަދަލުވުން"

ހިޔާ ފްލެޓުގެ ކުލީގެ މައްސަލައިގައި ރައީސް ޞާލިހާއި ބައްދަލުކުރެއްވި ބޭފުޅެއް 

ވޮއިސްއަށް މައުލޫމާތުދެއްވި ބޭފުޅާ ވިދާޅުވީ ލޯނުގެ މުއްދަތު ދަންމާލައިގެން ނަމަވެސް ކުލި މިހާރަށްވުރެ ކުޑަ ކުރެވޭކަމަށް ވާނަމަ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމީ އެފަދަ ލުއި ފަސޭހައެއް ލިބުން ކަމަށެވެ. 

އެހެން ނަމަވެސް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް 5500 ރުފިޔާއަށް ފްލެޓުތަކުގެ ކުލި ކުޑަނުކުރެވެންވީ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ލޯނު މުއްދަތު ދަންމާލައިގެން ކުލި ކުޑަކުރާނަމަ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ކުޑަކުރާނެކަމަށް އުންމީދުކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.