ކުރީގެ ބަންޑާރަ ނާއިބު / މަޝްހޫރު ގާނޫނީ ވަކީލާ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކުރޫ --
ހަބަރު
20 Mar 2023 | 10:06
މޫނު ބުރުގާ ނަގަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫންކަން ހައިކޯޓުން އޮތީ ނިންމާފައި: އާޒިމާ

ތައުލީމު ހަސީލު ކުރާ ދަރިވަރުންނަށް، މޫނު ބުރުގާ ނަގަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ، މޫނު ބުރުގާގެ ސަބަބުން އެ ދަރިވަރުން ތަޢުލީމުން މަހްރޫމް ނުކުރެވޭނެ ކަން ދިވެހި ރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އާޒިމާ ފޭސްބުކް ގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ތަޢުލީމަކީ އުނި ނުކުރެވޭނެ ހައްގެއް ކަމަށެވެ. 

"އެކަން (މޫނު ބުރުގާ އަޅާ ދަރިވަރުންނަށް މޫނު ނަގަން އެންގުން) އެގޮތަށް ނުކުރެވޭނެކަން ރާއްޖޭގެ ހައިކޯޓުންވެސް މީގެ ކުރިން އޮތީ ނިންމާފައި. ސަބަބަކީ، ތަޢުލީމަކީ އުނި ނުކުރެވޭނެ ހައްގެއް ކަމުގައި ވުން." އާޒިމާ ޝަކޫރު ވިދާޅުވިއެވެ. 

ތަޢުލީމްގެ ގާނޫނު 

އާޒިމާ އެ އިޝާރާތް ކުރައްވަނީ 2011 ވަނަ އަހަރު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ވެރިކަމުގައި ކުއްލިއްޔާގެ ދަރިވަރަކު މޫނު ބުރުގާ އަޅާތީ އެ ތަނަށް ވަނުން މަނާކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވަން ހާޒިރު ނުވެވޭނެކަމަށް ދައުލަތުން ބުނި މައްސަލައާ ގުޅިގެން ކޯޓުން ނިންމި ނިންމުމަށެވެ. 

އެ މައްސަލަ ހައިކޯޓްގައި ވަނިކޮށް 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ރައީސް ވަހީދުގެ ސަރުކާރުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރި އެވެ. އެފަހަރު ދައުލަތް ތަމްސީލު ކުރަން ކޯޓަށް ވަޑައިގެންނެވީ ބަންޑާރަ ނާއިބުގެ ހައިސިއްޔަތުން އާޒިމާ ޝަކޫރެވެ.

އަދި މޫނު ބުރުގާ އެޅުމަކީ ތައުލީމުން މަހުރޫމް ކުރަން ޖެހޭނެ ސަބަބެއް ނޫން ކަން ހާމަކުރައްވައި، ކޯޓުގައި މައިގަނޑު 3 ނުކުތާއެއް ފާހަގަކުރައްވާފައިވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެއީ؛ 

1) ތައުލީމަކީ އުނި ނުކުރެވޭނެ ހައްގެއް ކަމަށާ އެމީހަކު ގަބޫލުކުރާ އަގީދާއެއްގެ ސަބަބުން ތައުލީމު ލިބުން ހަނި ނުކުރެވޭނެ ކަން

2) މޫނު ބުރުގާ ނެގަން އެއްވެސް މީހަކަށް މަޖުބޫރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ، އަހަރެމެންނަށް އެކަން ކަމު ދިޔަޔަސް ނުދިޔަޔަސް އެއީ ގަބޫލު ކުރާ ގަބޫލު ކުރުމެއް ކަން. 

3) އަހަރެމެންގެ އަމިއްލަ ގަބޫލުކުރުންތައް އެހެން މީހުންގެ މައްޗަށް ގަދަކަމުން ތަންފީޒު ކުރުމުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށާ، އޭގެ ސަބަބުން މިހާރުވެސް އެކަހެރިވެފައިވާ ފަރާތްތައް އިތުރަށް އެކަހެރިވެގެން ދާނެކަން. މިހާލަތުގައި، އަންހެން ދަރިވަރުން ތައުލީމުން މަހްރޫމް ވެގެން ވެސް ދާނެކަން. 

މިއާއެކު އާޒިމާ ވިދާޅުވީ، ތިމާ ގަބޫލު ކުރާގޮތަށް އެހެން މީހުން ނޫޅުމަކީ އެމީހުން އެކަހެރި ކުރަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މިއީ ވިސްނާލަން ޖެހޭނެ ކަމެއް ކަމަށާއި މިފަދަ ކަންކަމުން އެކުދިން އިތުރަށް އެކަހެރިވެ، އަސާސީ ހައްގަކުން މަހްރޫމް ވެގެންދާނެ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. 

"(މޫނުބުރުގާ ނެގުމަށް އެންގުމަށްފަހު) ދެން އެ އަންހެން ކުދިންގެ ފަރާތުން އުއްމީދު ތި ކުރަނީ ކޮންކަމަކަށް؟ މޫނު ބުރުގާ ނަގަންތަ؟ ނޫނި މޫނު ބުރުގާ އަޅައިގެން ގޭގައި ތިބެންތަ؟" އާޒިމާ ސުވާލު ކުރައްވާފައިވެއެވެ. 

ކޮމެންޓް
ޒީކު3
ދެން ކަލޭމެންގެ ވެރިކަމުގަ ޓީޗަރުންގެ މޫނު ބުރުގާ ނެގުވީ ސީލެވިގެންތަ؟؟ ވާނުވާގައޭ ތިޔަ ތިބެނީ..
20 Mar 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.