ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Mar 2023 | 06:58
ދަރިން ގޮވައިގެން ވަޒީފާ އަދާކުރެވޭނެ މާހައުލު ޤާއިމު ކުރުމުގެ މަސައްކަތް ފަށައިފިން : ރައީސް ޞާލިހު

ދަރިން ގޮވައިގެން އޮފީހަށް ގޮސް ވަޒީފާ އަދާކުރެވޭނެ މާހައުލު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އަންހެނުންނަށް ވަޒީފާ އަދާކުރުމުގަޔާއި، ވަޒީފާގައި ދެމި ތިބުމަށް އޮތް ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މުހިންމު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން ވިހެއުމާއި ގުޅިގެން ކޮންމެ މަޔަކަށް 6 މަސް ދުވަހުގެ ޗުއްޓީއެއް އަދި ބަފަޔަކަށް 1 މަސް ދުވަހުގެ ޗުއްޓީ މި ސަރުކާރުން ހަމަޖައްސާދީފައިވާކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. އަދި އެ ސިޔާސަތުގެ ތެރެއިން މިހާތަނަށް 4619 މީހަކަށް ވިހެއުމާއި ގުޅިގެން މައިންނާއި ބަފައިންނަށް ދޭ ޗުއްޓީ ދެވިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އަންހެނުން ވަޒީފާގައި ދެމިތިބުމަށް އޮތް ހުރަސްތައް ނައްތާލުމުގެ ގޮތުން ދަރިން ގޮވައިގެން އޮފީސްތަކުގައި ތިބެވޭނެ ޖާގަ ހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. 

"އަންހެނުން ވަޒީފާގައި ދެމިތިބުމަށް އޮތް ހުރަސްތައް ނައްތާލުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 

ތުއްތު ކުދިން ބަލަން ޖެހޭ މައިންނަށް ވަޒީފާ އަދާކުރުމުގައި، ނުވަތަ ވަޒީފާގައި ދެމިތިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ގިނަ ވަގުތު ވަޒީފާގައި ހޭދަކުރަން ޖެހޭއިރު ދަރިން ގޮވައިގެން ވަޒީފާ އަދާކުރެވޭނެ މާހައުލެއް ގިނަ މަސައްކަތްކުރާ އޮފީހުގައި ފަހިވެފައި ނެތުމެވެ.

އެހެންކަމުން، ގިނަ ފަހަރަށް އަންހެނުން ވަޒީފާއިން ވަކިވެ ދަރިން ބެލުމުގައި މަޝްއޫލުވާން ޖެހެއެވެ. 

މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ޞާލިހު އިތުރަށް ވިދާޅުވީ އަންހެނުން ވަޒީފާތަކުގައި ދެމި ތިބުމަށް ބާރު އެޅުމުގެ ގޮތުން "ފެލެކްސިބަލް ވޯކިން އަވާސް" ސަރުކާރުގެ އެކި އެކި އިދާރާތަކުންނާއި ކުންފުނިތަކުން މިހާރުވެސް ދެމުންދާ ކަމަށެވެ. 

އަންހެނުންނަކީ ރާއްޖޭގެ އިގްތިޞާދަށް މުހިންމު ބައެއް ކަމަށާއި، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފަހުބަސް ބުނާ ފަރާތްތަކަށް، ނުވަތަ ސަރުކާރުގެ މަތީ މަގާމުތައް ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނުވަނީ އެ ސިޔާސަތާއި އެއްގޮތަށް ސަރުކާރުގެ އެކި ވުޒާރާތަކުންނާއި ކުންފުނިތަކުން އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.