އަރަބިއްޔާ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މިނިސްޓްރީ
21 Mar 2023 | 09:58
މޫނު ބުރުގާ މައްސަލައިގައި އަރަބިއްޔާ ބެލެނިވެރިން ކޯޓަށް

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް އެމައްސަލަ ހުށަހަޅާން ނިންމައިފި އެވެ.

އަރަބިއްޔާ ސުކޫލު މިހާރު ހިންގެވުމާއި ހަވާލުވެ ތިބި ވެރީން ވަނީ އެ ސުކޫލުގައި ކިޔަވާ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަމާމެދު އަމަލު ކުރާނެ ގޮތުގެ ލަފައެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ. އެޑިއުކޭޝަނުން އެންގީ މޫނު ބުރުގާ އަޅައިގެން ސުކޫލަށް ހާޒިރު ނުވެވޭނެ ކަމަށެވެ. 

އެ އެންގުމާއި ގުޅިގެން ސުކޫލުން މިހާރު ވަނީ މޫނުބުރުގާ އަޅާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރީންނަށް އެއީ މަނާ ކަމެއް ކަން އަންގައި، މޫނުބުރުގާ އަޅައިގެން ސުކޫލަށް ހާޒިރު ނުވެވޭނެ ކަން އަންގާފައެވެ. 

އެހެންކަމުން، އެ ދަރިވަރުންނަށް މިހާރު އޮތީ އެންމެ ދެ ގޮތެވެ. މޫނު ބުރުގާ އަޅައިގެން ގޭގައި ތިބުމެވެ. ނުވަތަ ނަގައިގެން ސުކޫލަށް ދިޔުމެވެ. އެކަމާއި ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެ މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން ބުނީ، އެޑިއުކޭޝަނާއި އަރަބިއްޔާގެ މެނޭޖްމަންޓުން ބެލެނިވެރިންގެ އަޑު ނޭހި ކަމަށެވެ. އެހެންކަމުން އަރަބިއްޔާގެ ބެލެނިވެރިން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާގެ މެނޭޖްމަންޓް ގޮވައިގެން ކޯޓަށް ދާން ކަމަށްވެސް ބެލެނިވެރިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.