އަޒީޒާ މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތުގެ ތެރެއިން
ހަބަރު
21 Mar 2023 | 11:38
"ހުޅުމާލެ އަޒީޒާ މިސްކިތުގައި ރޯދައިގެ ކުރިން ކާޕެޓް އަޅާ ނިމޭނެ"

ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގައި ކާޕްޓް އެޅުމުގެ މަސައްކަތް މިއަދު ފަށާފިއެވެ.

މި މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި މިސްކިތުގެ އަހުލުވެރިން ހިޔާލާއި މަޝްވަރާ ދެއްވާފައިވަނީ ނެވިލޯންގެ ބަދަލުގައި ކާރޕެޓް އަޅައި ދެއްވުމަށް ކަމަށް ވުމުން މި މިސްކިތުގައި ކާރޕެޓް އެޅިގެން ދާނީ އެބޭފުޅުން ބޭނުންފުޅުވި ގޮތަށް ކަމަށެވެ.

ކަލަންޑަރު ތަކުން ދައްކާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަަމަ ދުވަހަކީ މި ހިނގާ މަހުގެ 23 ވަނަ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ
24 Aug 2026
އެމްއޭސީއެލް އާއި ވީއައިއެޗްއެސް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމްއޭސީއެލް އާއި ވީއައިއެޗްއެސް ގުޅިގެން ދަރިވަރުންނަށް ވެލާނާ އެއަރޕޯޓުގެ އެކި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
24 Aug 2026
އައްޑޫ ކެޑޭޓް ކޭމްޕެއްގައި ކުދިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިން ހާލު ދެރަވުމާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އެ ސިޓީގެ ސިއްޙީ މަރުކަޒުތަކުގައި ފަރުވާ ދޭން ފަށައިފިއެވެ.
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.