ކާނަލް އަބްދުﷲ އިބްރާހިމް/ ފޮޓޯ: އަވަސް
ހަބަރު
22 Mar 2023 | 07:38
ރައީސްގެ ސެކިއުރިޓީ ކޮމާންޑިން އޮފިސަރު މަގާމުން އެކަހެރިކޮށްފި!

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑު ހުއްޓުވި މައްސަލަ ބެލުމަށް، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ކޮމާންޑިން އޮފިސަރު މަޤާމުން އެކަހެރިކޮށްފި އެވެ. 

އެކަން ކަށަވަރުކޮށްދީ ޤައުމީ ދިފާއީ ބާރުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ޤައުމީ ދިފާއީބާރުން ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. 

އެ ކޮމެޓީ އަކީ ދިފާއީ ބާރުގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ޚާއްސަ ކޮމެޓީއެއް ކަމަށާއި، އެ މައްސަލައާއި ގުޅިގެން މިހާރުވަނީ އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރެސިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށް ދިފާއީ ބާރުން ވަނީ ބުނެފަ އެވެ. 

ދިފާއީ ބާރުން ބުނީ ރައީސުލްޖުމްޙޫރިއްޔާގެ ސެކިއުރިޓީ ކަންކަން ވަގުތީ ގޮތުން ބެލެހެއްޓުން މޭޖަ އިބްރާހިމް ޙަލީމާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

ރައީސުލްޖުމްޙޫރިއްޔާގެ މޮޓޯކޭޑު ހުއްޓުވި މައްސަލައިގައި ސަލާމަތީ ޚިދުމަތްތައް 241 ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީއިންވެސް ވަނީ ނިންމާފަ އެވެ. އަދި އެކަން ހިނގައިދިޔަ ގޮތް އެ ކޮމެޓީއިން ވަނީ ދިރާސާކުރަން ފަށައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.