މާލޭގެ މަގެއްގައި ޕިކަޕަށް މުދާ ބަރުކުރަނީ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
23 Mar 2023 | 18:04
މާލެ ސަރަޙައްދުގެ މަގުތަކުގައި ރަމަޟާންމަހު މުދާ އުފުލާނެ ގަޑިތައް ކަނޑައަޅައިފި

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ވިޔަފާރިމުދާ އެއްގަމު އުޅަނދުގައި ގަނޑުކޮށް އުފުލުމަށް ހާއްސަ ކޮށްފައިވާ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއުލާނުކޮށްފި އެވެ. 

މި ގޮތަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާފައިވަނީ އެއްގަމުމަގުން މުދާ އުފުލުމުގައި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ކަންކަން ތަރުތީބުކުރުމަށެވެ. ރަމަޟާން މަހު އެންމެ ކާރު ބާރު ބޮޑުވާ ގަޑިތައް ކަމަށްވާ ހަވީރު 4:00 އިން ފެށީގެން ރޭނގަނޑު 8:00 ހަމައަހަށް އެއްގަމު އުޅަނދުގައި މުދާ ނުއުފުލޭނެއެވެ.

ހަމަ އެހެންމެ ރަމަޟާންމަހުގެ ހެންދު 6:00 އިން ހެނދުނު 9:00 އަށްވެސް ވިޔަފާރި މުދާ އެއްގަމު އުޅަނދުގައި އުފުލުމަކީ ވެސް މަނާކަމެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ހެނދުނުގެ ގަޑިތަކަކީ ސްކޫލްތަކާއި އޮފީސްތައް ފެށޭގަޑިތަކަށް ވާތީ މި ގަޑިތަކުގައިވެސް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިކަމެއްނެތި ދަތުރު ކުރެވޭނެގޮތަށް އިންތިޒާމު ހަމަޖެއްސުމަށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.  

އޭގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ ބުރިޖުން މުދާ އުފުލޭނީ ހެންދުނު 9:00 އިން ހަވީރު 16:00 އަދި ދަންވަރު 1:00 އިން ފެށިގެން ހެނދު 6:00 އަށް ކަމަށާއި މި ވަގުތުތަކުގައި މާލެއިން ބުރިޖަށް މުދާ ހިފައިގެން އަންނަ އުޅަނދުތައް އަރަންވާނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށެވެ. އަދި މި ނޫން ވަގުތުތަކުގައި ބުރިޖުން ވިޔަފާރި މުދާ އެއްގަމު އުޅަނދުގައި އުފުލުމަކީ މަނާކަމެއްކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ.

އުޅަނދުތަކުން ކައްކާ ގޭހާއި ބޯފެން ހިފައިގެން ބުރިޖުހުރަސްކޮށް ދަތުރުކުރެވޭނެ ގަޑިތައްކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ހެނދު 6:00 އަށެވެ.

މިކަމަކީ ރަމަޟާންމަހު އެންމެންގެ ރައްކާތެރިކަމާއި ފަސޭހައަށްޓަކައި މިނިސްޓްރީން އެކަށައަޅުއްވައި އިއުލާން ކުރައްވާފައިވާކަމަކަށްވާތީ ދެންނެވުނު ގަޑިތަކުގައި މުދާ އުފުލުމަށް ސަމާލު ވުމަށާއި އަދި މި އިއުލާންއާއި ހިލާފަށް އުޅަނދުތަކުން ހުއްދަ ނޫން ގަޑިތަކުގައި މުދާ އުފުލާ އަދި ބުރިޖު ބޭނުން ކުރާނަމަ އެފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރު ޤާނޫނު 5/2009 ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަންވެސް ހަނދާންކޮށްދީ، ހުރިހާ ފަރާތަކުން މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރަމަޟާން މަހު އެއްގަމު އުޅަނދު ދުއްވާ ހުރިހާ ފަރާތްތަކުން ގަވާއިދާއި އެއްގޮތަށް އެތެރޭ މަގުތަކާއި އަދި ހަލިމަގުގައި (އެތެރޭ މަގުތަކުގައި 30 ކިލޯ މީޓަރަށް ވުރެ މަޑުން އަދި ހަލި މަގުގައި 50 ކިލޯ މީޓަރަށް ވުރެ ބާރު ނުވާނެ ސްޕީޑުގައި) ދުއްވުމަށާއި ދުއްވާއިރު މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ވެސް ބަލައިގެން ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.