ޕާކިސްތާން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން
ހަބަރު
23 Mar 2023 | 20:47
ޕާކިސްތާން ހައިކޮމިޝަނުން "ޕާކިސްތާން ދުވަސް" ފާހަގަކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްޠާނުގެ ހައިކޮމިޝަނުން، ފާކިސްޠާނުގެ ޘަގާފީ ކުލަތަކާއި އެކު "ޕާކިސްތާން ދުވަސް 2023" ފާހަގަކޮށްފި އެވެ. 

ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހުގެ 23 ވަނަ ދުވަހު ފާހަގަކުރާ "ޕާކިސްތާން ދުވަސް" ރާއްޖޭގައި ފާހަގަ ކޮށްފައި ވަނީ، މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްްވުނު ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި އެކުގައެވެ. މި ރަސްމިޔާތުގައި ޕާކިސްތާނުގެ ގައުމީ ސަލާމާއި އެކު އެ ގައުމުގެ ދިދަ ނަގައިދީފައިވަނީ ޕާކިސްތާނުގެ ހައިކޮމިޝަނަރު މުހައްމަދު ފައްޔާޒު ޖިލާނީއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. 

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ޕާކިސްޠާނު މިޝަންގެ ޑެޕިއުޓީ ހެޑް ޒުލްޤަރުނައިން އަހުމަދު ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޕާކިސްތާން ދުވަހާއި ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ 14 އޯގަސްޓު 1947 ގައި ޕާކިސްތާނަށް މިނިވަންކަން ލިބިގެންދިޔައީ ކާބަފައިންގެ މަތިވެރި ގުރުބާނީއެއްގެ ސަބަބުން ކަން ފާހަގަކުރައްވައި އެ ފަރާތްތަކުގެ ޒިކުރާ އައު ކުރައްވާފައެވެ.    

މީގެ އިތުރުން، މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރު މުހައްމަދު ފައްޔާޒު ޖިލާނީވަނީ މިއަދު ފާހަގަކުރެވޭ ޕާކިސްތާނުގެ ދުވަހަކީ އެތައް ގޮތަކުން އެ ގައުމުގެ ތާރީޚަށް މުހިންމު ދުވަހެއް ކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މި ދުވަހަކީ ފާއިތުވި ދުވަސް ތަކުގެ ހަނދާން އައުކޮށް، އަދުގެ ހާލަތާއި މެދު ފުންކޮށް ވިސްނައި، ފާގަތި މުސްތަގުބަލެއް ބިނާ ކުރުމުގެ ރޫޙް އާލާކުރާ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން

މިއާއެކު އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން ދުނިޔޭގައި އަމަން އަމާންކަން ގާއިމް ކުރުމަށް ޕާކިސްތާނަށް ނުހަނު ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ އިންޑިޔާއިން ގާނޫނާއި ޚިލާފަށް ވެރިގެންފައިވާ ޖައްމު އާއި ކަޝްމީރުގައި ދިރިއުޅެމުންދާ ޕާކިސްތާނުގެ އަޚުންނާއި އުޚުތުންގެ ޒިކުރާ އައު ކުރައްވާފައެވެ. 

މީގެ އިތުރުން ޕާކިސްތާނުގެ ހައިކޮމިޝަނަރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމުދުގައިވާ ގުޅުން ފާހަގަކުރައްވައި، މުސްތަގުބަލުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފަހި މުސްތަގްބަލެއް އެދޭ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.