އުރީދޫ މޫލީ ރޯދަ ހަދިޔާ ޕޯސްޓަރެއް/ ފޮޓޯ: އުރީދޫ
ވިޔަފާރި
25 Mar 2023 | 12:42
މޫލީން ހޮރައިޒަން ފިޝަރީސްއާއި ގުޅިގެން މަސްދަޅު ހަދިޔާ ޕެކުތަކެއް ތައާރަފްކޮށްފި

އުރީދޫގެ މޫލީން ހޮރައިޒަން ފިޝަރީޒާ ގުޅިގެން މަސްދަޅުގެ ހަދިޔާ ޕެކްތަކެއް ތަޢާރަފްކޮށްފި އެވެ. 

އެގޮތުން މޫލީން ވަނީ ހަތަރު ވައްތަރުގެ މަސްދަޅުގެ ހަދިޔާ ޕެކް ތަޢާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 150ރ. ގެ ދެ ޕެކާއި 160ރ. ގެ ޕެކަކާއި 145ރ. ގެ ޕެކެކެވެ.

މޫލީން ތަޢާރަފްކުރި 150ރގެ އެއް ޕެކަކީ ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ތިން ދަޅާއި ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ ދެ ދަޅާއި ކަނޑުމަސް ސަންފްލާވާ އޮއިލް އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅާއި މަސްހުނި އެކްސްޓްރާ އޮއިލް އާއި މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ދަޅު ހިމެނޭ ޕެކެކެވެ.

މޫލީގެ 160ރ އަށް ދޭ ޕެކުގައި  އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަހާއި ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ތައްޔާރު ކޮށްފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަސް ދަޅާއި ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނޭ ޕެކެކެވެ. މި ޕެކްގައި އެ އިން ކޮންމެ ވައްތަރެއްގެ ދެ ދަޅު ހިމެނެއެވެ.

މޫލީގެ 145ރ. އަށް ލިބޭ ޕެކްގައި ހިމެނެނީ މަސްހުނި އެކްސްޓްރާ ޗިލީ އާއި މަސްހުންޏާއި މަސްހުނި ޒީރޯ ޗިލީ އާއި ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅާއި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅެވެ. އެ އިން ކޮންމެ ދަޅެއްގެ ދެ ދަޅު އެ ޕެކްގައިވެސް ހިމެނެއެވެ.

އޭގެ އިތުރުން މޫލީއިން ތަޢާރަފްކުރި 150ރ އަށް ލިބޭ ދެވަނަ ޕެކްއަކީ ޕެކް އެކެއް، ދޭއް އަދި ތިނެއްގައި ހިމެނޭ ހުރިހާ ދަޅެއް ހިމެނޭ ޕެކެކެވެ. ކޮންމެ ވައްތަރަކުން ވެސް އެއް ދަޅު އެ ޕެކްގައި ހިމެނޭނެއެވެ.

މޫލީ މެދުވެރިކޮށް މިހާރު މި ޕެކުތަކަށް އޯޑަރުކުރެވޭނެ އެވެ. އަދި މޫލީ މެދުވެރިކޮށް އޯޑަރު ދިނުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މި ޕެކުތައް ފޯރުކޮށްދެވޭނެކަމަށް އުރީދޫން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.