އެސްޓޯއޯގެ އެމްޑީ ހުސެއިން އަމްރު/ ފޮޓޯ: ދިޔަރެސް
ހަބަރު
26 Mar 2023 | 21:07
އެސްޓީއޯގެ އެމްޑީ ކަމުން އަމްރު ވަކިކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން ހުސެއިން އަމްރު ވަކިކުރައްވައިފި އެވެ. 

އަމްރު ވަކިކުރަން ޕީސީބީ އަށް ރައީސް އޮފީހުން ފޮނުވީ މިއަދު ހެނދުނު އެވެ. އަމްރު މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޕީސީބީން ބުނީ އަމްރު އެ މަގާމުން ވަކިކުރުމަށްފަހު އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަމްރުއަކީ އެމްޑީޕީގެ ރައީސް މުޙައްމަދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. 

އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އަމްރު ތާއީދު ކުރައްވާފައިވަނީ ނަޝީދަށެވެ. އަދި އެ އިންތިޚާބު ނާކާމިޔާބުވުމާއި ގުޅިގެން ނަޝީދު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ގޮފި ފުޅާކުރުމުގައިވެސް އަމްރު ގެންދަވަނީ އިސް ރޯލެއް އަދާކުރައްވަމުން ނެވެ. 

އަމްރު މަޤާމުން ވަކިކުުރުމާއި ގުޅިގެން ނަޝީދަށް ތާއީދު ކުރައްވަާ މެމްބަރުން ވިދާޅުވަމުން ދަނީ އެއީ ސިޔާސީ ގޮތުން ޚިޔާލު ފަތާތުވުމުން އެކަން ހަޖަމު ނުކުރެވިގެން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ސަރުކާރުގެ ދިފާއުގައި ވިދާޅުވަމުން ގެންދަވަނީ އެކަން އެގޮތަށް ކުރެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތު ޤަބޫލު ނުކުރައްވާ ބޭފުޅަކަށް އެ ސިޔާސަތު ތަންފީޒުކުރަން އުނދަގޫވާނެތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ދަތިވާނެތީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް