ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
ހަބަރު
26 Mar 2023 | 21:40
ފިޔަވަޅު އެޅުމަކީ ފޮނިކަމާއި ހިތިކަން އެކުލެވޭ ކަމެއްކަން ރައީސް ޞާލިހު އަށް އެނގޭ: ޢިމްރާން

ފިޔަވަޅު އެޅުމަކީ ފޮނިކަމާއި ހިތިކަން އެކުލެވޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި ހުސައިން އަމްރު ރަޝާދު، އެ މަގާމުން ވަކިކުރުމަށް ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އަށް މިއަދު ހެނދުނު ވަނީ ފޮނުވާފައެވެ. އެއާއެކު ޕީސީބީން މިހާރު ވަނީ އަމްރު އެ މަގާމުން ވަކިކޮށް އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްއާ ހަވާލުކޮށްފައެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ދިފާއުކުރައްވާ ކުރެއްވި ޓްވީޓެއްގައި ޢިމްރާން ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ފޮނިކަމާއި ހިތިކަން އެކުލެވޭ ކަމެއްކަން ރައީސް ޞާލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. 

އަދި އެމަނިކުފާނަކީ ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނޭ ބޭފުޅެއް ކަން އެމަނިކުފާނު ދަންނަ އެންމެހައި ފަރާތްތަކަށް އެނގޭނެކަން ފާހަގަކުރައްވައި ޢިމްރާން އިތުރަށް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ހިކުމަތްތެރި ކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށެވެ.

އަމްރު މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އަމްރު މަޤާމުން ވަކިކުުރުމާއި ގުޅިގެން ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ދަނީ އެއީ ސިޔާސީ ގޮތުން ޚިޔާލު ފަތާތުވުމުން އެކަން ހަޖަމު ނުކުރެވިގެން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އެހެނީ އަމްރުއަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފި އުފައްދާ ފުޅާކުރުމުގައި އިސް ރޯލެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެހެން ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ސަރުކާރުގެ ދިފާއުގައި ވިދާޅުވަމުން ގެންދަވަނީ އެކަން އެގޮތަށް ކުރެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތު ޤަބޫލު ނުކުރައްވާ ބޭފުޅަކަށް އެ ސިޔާސަތު ތަންފީޒުކުރަން އުނދަގޫވާނެތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ދަތިވާނެތީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް