ރައްޔިތުންގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު --ފޮޓޯ/ މަޖިލިސް
ހަބަރު
26 Mar 2023 | 22:55
2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަވަނީ އެސްޓީއޯ އަށް ދަރާފަ: ސައީދު

ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދަރާފައިވާ ކަމަށް ރައްޔިތުންގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ރަޝާދު، އެ މަގާމުން ވަކި ކުރިމާއި ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވެމުންދާ މި ދަނޑިވަޅުގައި ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނުން އެސްޓީއޯ އަށް ބިލިއަނުން ދަރާފައިވާ ކަމަށެވެ. 

އަދި އޭގެ ސަބަބުން، ދަރަނި ދޫކުރުން ހުއްޓާލުމަށް އެސްޓީއޯ އަށް މަޖުބޫރުވެގެން ދިޔަ ކަމަށާ، އެ ކުންފުނީގެ އެ ނިންމުމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެސްޓީއޯ އަށް ބިރު ދައްކައި، އަމްރު މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ސަޢީދު ވިދާޅުވިއެެވެ. 

ސައީދު އިތުރަށް ވިދާޅުވީސަރުކާރު ކުންފުނިތަކާއި އެކު އެތެރޭގެދަރަނި 73 ބިލިއަނަށް މިހާރުވެސް އަރާފައިވާ ކަމަށެވެ. އަދި އެކަންކަން އެހެން ހުރި އިރުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންވީތޯ ސައީދު ވަނީ ސުވާލު ކުރައްވާފަ އެވެ. 

އަމްރު މަގާމުން ވަކި ކުރުމާއި ގުޅިގެން އެކި ފަރާތްތަކުން އަންނަނީ އެކި ގޮތަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ސަރުކާރަށް ތާއީދު ކުރާ މެންބަރުން އަންނަނީ އެ ނިންމުން ދިފާއުކޮށް އަމްރު އަށް ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށާ އެހެންކަމުން އެ މަގާމުގައި އޭނާ ބެހެއްޓުން ރަނގަޅު ނޫން ކަމަށް ބުނަމުންނެވެ.

އެހެނީ، އަމްރުއަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފި އުފައްދާ ފުޅާކުރުމުގައި އިސް ރޯލެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެ ގޮތްޕަށް ނިސްބަތްވާ ބައެއް އެމްޑީޕީގެ މެންބަރުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް