ރައީސް ޞާލިޙް އަދި ޤާސިމް އިބްރާހިމް
ހަބަރު
27 Mar 2023 | 10:50
ރައީސް ޞާލިޙްގެ މަންދޫބަކު އަނެއްކާވެސް ޤާސިމް އާއި ބައްދަލުކޮށްފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަންދޫބަކު އަނެއްކާވެސް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލުކޮށްފިއެވެ. 

ރައީސް ޞާލިޙް ގެ ފަރާތުން މިފަހަރު ޤާސިމް އާއި ބައްދަލު ކުރީ އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް ޞާލިޙްގެ ޅިޔަނު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. އަދި މިބައްދަލުވުމުގައި ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދާއި ޖޭޕީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހިމްވެސް ވަނީ ބައިވެރިވެފައެވެ.

ސަން އައިލެންޑްގައި ބޭއްވުނު މިބައްދަލުވުމާއި ގުޅޭ ތަފްސީލެއް ދެ ޕާޓީއިން ކުރެ އެއްވެސް ޕާޓީއަކުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އާއި އެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީ އިން ނިންމާފައިވަނީ މި އިންތިޚާބުގައި އެޕާޓީގެ ކެނޑިޑޭޓަކު ނެރެ ވާދަކުރުމަށެވެ.

ރައީސް ޞާލިޙް އާއިއެކު މިއަހަރުގެ އިންތިޚާބަށް ކޯލިޝަން ހަދައިފައިވަނީ ޢަދާލަތު ޕާޓީ އާއި ސަން ސިޔާމުގެ އެމްޑީއޭ އެވެ.

ކޯލިޝަން ގައި ހިމެނޭ އެމްއާރްއެމް އިންވެސް ރައީސް ޞާލިހާއި ބައްދަލު ކޮށްފައި ވާއިރު، އެ ޕާޓީން ނިންމާފައިވާނީ މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިޔުމަށެވެ. އެއަށްފަހު އެ ޕާޓީންވަނީ ޤާސިމާއި ވެސް ބައްދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ
15 Sep 2026
އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ ކުޅުނު މެޗްތަކުން މޮޅުވެއްޖެ
މި މުބާރާތުގައި މިރޭ އެންޖީ ސްޓާޓިން ނިކުންނާނީ އީއެން ހޭންޑް ބޯލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ20:30 ގައެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ނައިން އެކްސް އާއި އެމްޖީ ސްޕޯޓްސް ކްލަބެވެ.
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ