ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ޕީސީބީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީސީބީ
ހަބަރު
27 Mar 2023 | 22:34
ބޯޑުގެ ނިންމުންތައް ނިންމަނީ މިނިވަންކަމާއެކު ޤާނޫނާއި އެއްގޮތަށް: ޕީސީބީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ކޮންމެ ނިންމުމަކީ ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ނިންމާ ނިންމުންތަކެއްކަމަށް އެ ބޯޑުން ބުނެފި އެވެ. 

އެ ބޯޑުން މިފަދައިން ބުނެފައިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތައް ޢައްޔަންކުރުމާއި ވަކިކުރުމުގައި ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ފާހަގަކޮށް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް އެ ބޯޑުން އަމަލުކުރާ ގޮތް ހާމަކޮށް ނެރެފައިވާ ބަޔާނެއްގަ އެވެ. 

އެގޮތުން ޕީސީބީގެ އެ ބަޔާނުގައި ބުނެފައިވަނީ  ބޯޑުން ކޮންމެ ނިންމުމެއްވެސް ނިންމަނީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެންމެހާ ޙިއްސާދާރުންނާ ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތް ކުރެވޭނެކަން ކަށަވަރުވާނެހެން މިނިވަންކަމާއެކުކަމަށެވެ.

ޤާނޫނުން ބޯޑަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް އަބަދުވެސް ކުރަމުންދާނީ ޤާނޫނުތަކާއި ޤަވައިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްކަމަށާއި، ކުރިއަށް އޮތްތާންގަވެސް ބޯޑުން ޢަމަލުކުރަމުން ދާނީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ޕީސީބީއިން ބުނީ ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވައިދާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށެވެ.

އެހެންކަމުން ވަކި މައްސަލައެއް ހިމެނޭ ކަންކަމުގައި ބޯޑުން އަމަލުކުރަމުންދާ ނުވަތަ ކޮށްފައިވާ ގޮތާއި ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް ޕީސީބީން ވަނީ ނޫސްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި ބުނެފައިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރަނީ ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވަލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ. 

އެ ޤާނޫނުގައި ބުނާގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑުތަަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ޤާނޫނުގެ ދަށުން އެކުލަވާލާ، ބޯޑުން ފާސްކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

އެ އުސޫލަކީ 2018 ވަނަ އަހަރު، ބޯޑު ފުރަތަމަ އެކުލަވާލިއިރު ޢަމަލުކުރަމުން ދިޔަ މައިގަނޑު އުސޫލުގެ އަސާސްތަަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށްފަހު ބޯޑުން މިހާރު ޢަމަލުކުރަމުންދާ އުސޫލުކަމަށް ޕީސީބީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.