02 Feb 2019 | 11:20
ޗައިނާގައި ޕްރޮގްރާމަރުންނަށް ހިތްވަރުދޭން ޗިޔާލީޑާސް ބޭނުންކުރަނީ!

ޗައިނާގައި އަލަށް ފަށައިގަނެގެން އެކި ޓެކްނޮލޮޖީ ތައްޔާރުކުރަން މަސައްކަތްކުރާ ކުންފުނިތަށް ވަރަށް ގިނައެވެ. ޕްރޮގްރާމިންގް އަދި އިންޖިނިއަރިންގް ގެ ދާއިރާއިން އެންމެ މޮޅެތި ޒުވާނުން ދަމައިގަނެގެން ޙަރަކާތްތެރިވާ މިފަދަ ކުންފުނިތަކުގެ މަޤްސަދަކީ ދެން ދުނިޔެ ތެރޭގައި އެންމެ މަޤްބޫލުވާނެ ސޮފްޓްވެއާރ ނޫނީ ހާރޑްވެއާރ ތައްޔާރުކުރުމެވެ. އަދި މި ފަދަ ތަންތަނުގައި ވަޒީފާ އަދާކުރާ ޒުވާނުންނަކީ ކޮންމެ ދުވަހަކުވެސް ވަރަށް ބޮޑު ހާސްކަމަކާއި އުނދަގޫ މަސައްކަތްތަކަކާ ކުރިމަތިލާންޖެހޭ ބަޔެކެވެ. އެހެންކަމުން ނުތަނަވަސްވެފައިވާ މުވައްޒަފުންގެ މެދުގައި ޖޯޝު އާލާކުރުމަށް ޗައިނާގެ ޓެކް ކުންފުނިތަކުން މިފަހަރު މިވަނީ ހަޤީގަތުގަވެސް ތަފާތުގޮތެއް ހޯދާފައެވެ.

ޝެން ޔޫ އަކީ ޗައިނާގައި ޙަރަކާތްތެރިވާ "ކޮންސޫމަރ ފައިނޭންސް" ކުންފުންޏެއްގެ މުވައްޒަފެކެވެ. އޭނާގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒިފުންނަށް "ހިތްވަރުދިނުން" ހިމެނެއެވެ. 25 އަހަރުގެ ޝެން އަކީ ސިވިލް އިންޖިނިއަރިންގުން ޑިގްރީއެއް ޙާސިލްކޮށްފައިވާ ޒުވާން އަންހެންކުއްޖެކެވެ.

އެހެންނަމަވެސް ވަޒީފާގެ މާޙައުލުގައި އޭނާއަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އޭނާއަށް ހަވާލުކުރެވިފައިވާ މުވައްޒިފުންގެ ހިތްވަރު މަތިކުރުމާއި ގުޅުންހުރި މަސައްކަތްތަށް ކުުރުމެވެ.

އެގޮތުން ކުންފުނީގެ އެހެން މުވައްޒިފުންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށްވާއިރު، ޝެން ކޮންމެ ދުވަހަކުވެސް ޖެހެނީ އެމީހުންނާ ވާހަކަހަދައްކާ، އެމިީހުންގެ ހާލު ހުރި ގޮތެއް ބެލުމަށްފަހު އެމީހުން މަސައްކަތްކުރާހިތްވާ ފަދަ މާޙައުލެއް ބިނާކުރާށެވެ.

މިއީ ކިޔަވައިގެން ތިބޭ ޒުވާން އަންހެންކުދިންނާއި މެދު ވަޒީފާގެ މައިދާނުގައި ކުރެވޭ ވަރަށް ބޮޑު ތަފާތުކުރުމެއްކަން ރަނގަޅަށް ވިސްނާލުމުން ހާމަވެގެންދެއެވެ.

ޝެން ޔޫ އަށް ވަޒީފާދިން އެޗް-އާރ އެގްޒެކުޓިވް ބުނާގޮތުގައު މުވައްޒިފުންނަށް "ހިތްވަރުދިނުމުގެ" ގޮތުން ވަޒީފާދޭ ފަރާތްތައް ވާންވާނީ މޫނުމަތިން އައިބު ނޫން، މޭކަޕް ކުރަން ދަންނަ، 2"5 އަށް ވުރެ ކުރު ނޫން، މަޑުމޮޅި އަޑަކުން ވާހަކަދައްކާ ފަރާތަކަށެވެ. އަދި މިފަދަ ވަޒީފާއަކަށް ހޮވިއްޖެނަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ފިރިހެން މުވައްޒިފުންނާއެކު ފޮނި އަނގަތެޅުމާއި، އެމީހުން އެދިއްޖެނަމަ ޙާއްސަ އެއްވުންތަށް ރޭވުމާއި، ގިނަ ވަގުތު މަސައްކަތްކުރުމުގެ ސަބަބުން ގައިގަ ރިއްސުން އިޙްސާސްކުރެވޭ މުވައްޒިފުންނަށް މަސާޖްދިނުންވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.