ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އެޗްޑީސީ
ހަބަރު
27 Mar 2023 | 22:05
ވިނަރެސް ފްލެޓު: ޕޮއިންޓު އެއްވަރުވި މީހުން ގުރުއަތުލުން ބުދަ ދުވަހު!

ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ވިނަރެސްގެ ދާއިމީ ލިސްޓް އިޢުލާންކުރީ މިދިޔަ ފެބްރުއަރީމަހުގެ 2 ވަނަ ދުވަހުއެވެ. ދާއިމީ ލިސްޓް ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖާކޮށް ކަނޑައަޅާފައިވާ މިންގަނޑަށެވެ.

ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޯ އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނަފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުތަކުގައި ސޮއިކޮށްފައިވާ ފަރާތްތައް ވަނީ މި ލިސްޓުން އުނިކޮށްފައެވެ.

އަދި ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީން ހުށަޅާފައިވާ ފަރާތްތަކަށްވެސް އިތުރު ފުުރުޞަތެއް ދީފައެއް ނުވެއެވެ. 

އެޗްޑީސީން ބުނީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕަރޓްމަންޓް އިޚްޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ. މި ފުރުޞަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށެވެ.

އެޗްޑީސީން ބުނީ ބުދަ ދުވަހު ގުރުއަތުނެގުން ކުރިއަށްދާ ވަގުތުގައި އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް"އިން ލައިވްކޮށް ދައްކާނެ ކަމަށެވެ. އަދި ގުރުއަތުނެގުން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބޭ 2 ކެޓަގަރީއިން މަދުވެގެން 5 މީހުންނަށް ދޭނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.