ކުރީގެ ބަންޑާރަނައިބު ދިޔާނާ ރައީސް ނަޝީދު އަރިހުގައި/ ފޮޓޯ: އިންޓަނެޓު
ހަބަރު
28 Mar 2023 | 09:04
އެމްޑީޕީ ޕްރައިމަރީއާއި ގުޅިގެން ހުށައެޅި މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް ލިގުލައިގެންދާތީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން ސިވިލް ކޯޓަށް ހުށައެޅި 3 މައްސަލައިގެ ތެރެއިން އެ ކޯޓުން ބަލައިގެންފައިވަނީ  އަލީ އަމްޖަދު ކިިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ބަލައިގެންފައިވަނީ ފެބުރުއަރީ މަހުގެ 21 ގައެވެ. 

އެ މައްސަލައިގެ އަޑުއެހުން ފަށާފައިވާއިރު، އެއީ ސިވިލް ކޯޓަށް ބެލިދާނެ މައްސަލައެއްކަމާމެދު އެމްޑީޕީން  ބުނަމުންދާތީ ޕްރައިމަރީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރުގެ ކުރިއަށް، އިހުތިސޯސްގެ ބަހުސް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމާފަ އެވެ. 

އެގޮތުން އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމަށް އެމްޑީޕީގެ ފަރާތުން އެއް ވަކީލަކަށް ހާޒިރުނުވެވޭތީ އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދުމުން އެކަމާ މެދު މައްސަލަ ހުށަހެޅި ފަރާތުން އިއުތިރާޒު ނުކުރާތީ މާދަމާ ހެނދުނު 11:30 އަށް އަޑުއެހުމެއް ބާއްވާ ގޮތަށް ތާވަލުކޮށް މިއަދުގެ އަޑުއެހުން ވަނީ ކުރުކޮށްލާފަ އެވެ. 

އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވަކީލުންނަށް ގެއްލުންވާ ގޮތަށް އަޑުއެހުން ގެންދިޔައީ ކަމަށް ބުނުމުގެ ފުރުސަތު ދޭން ބޭނުން ނުވާކަމަށެވެ. އަދި އެ މައްސަލައިގައި އެމްޑީޕީގެ މުޅި ގާނޫނީ ޓީމާއި ދެކޮޅަށް ވަކާލާތުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ދިޔާނާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެފަދައިން ކަންކަން ކުރުމުގެ ސަބަބުން ޝަރީއަތް ދިގުލައިގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށް އެދި އަލީ އަމްޖަދު ހުށައަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ކަމަށް ދައްކާ ނަތީޖާއަށް އަމަލުކުރުން ފަސްކުރަން އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭކަމަށެވެ. 

އެމްޑީީޕީގެ ޕްރައިމަރީ އަލުން ބާއްވާދިނުމަށް އެދި ސވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ވަނީ އެ ޕްރައިމަރީ ބާތިލުކުރަން އެދުނީ އެ އިންތިހާބު ބާއްވާފައިވަނީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެފައެވެ. 

އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށްވާއިރު، ގައުމީ މަޖިލީހުން ނިންމައިގެން 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށްކަން ފާހަގަކޮށްފައި ވެއެވެ. 

އިންތިހާބު ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށައެޅި ފަރާތުން ވަނީ އެދިފައެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުން ވާދަކުރައްވާފައިވާއިރު، ފޯރިގަދަ ކެމްޕޭނަކަށްފަހު ތަފާތު ބޮޑުކޮށް ރައީސް ޞާލިހުވަނީ އިންތިޚާބު ކާމިޔާބުކުރައްވާފަ އެވެ. އެ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓުލީ މީހުންގެ 61 އިންސައްތަ ލިބިލެއްވިއިރު، އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިލެއްވީ ވޯޓުލީ މީހުންގެ 39 އިންސައްތައެވެ. 

އެ އިންތިޚާބަށްފަހު ނަޝީދު ގެންދަވަނީ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ރަޖިސްޓްރީކޮށް، އެމަނިކުފާނަށް އޮތް ތާއީދު އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.