ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ފެށުން
ހަބަރު
28 Mar 2023 | 19:33
އިސްތިއުނާފު ނިމެންދެން ފުއްގިރި މައްސަލަ މަޑުޖައްސާލުމުގެ އަމުރަކަށް އެދިއްޖެ

ރ ފުއްގިރި މައްސަލައިގެ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ބާއްވާފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ގާނޫނީ ވަކީލު އަބްދުالله ޝިޔާޒު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމުގެ ނޯޓިސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށާއި، ހައިކޯޓަށް ހުށައެޅި މައްސަލަ ނިމެންދެން ފުއްގިރި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދައިން ހުށައެޅުއްވުމާއި ގުޅިގެން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު ޝާމާ ވިދާޅުވީ ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެން ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރައްވާކަމަށެވެ.

އެފަދަ މައްސަލަތައް ބެލުމަށް ހައި ކޯޓަށް ދީފައި އޮންނަ ކުރު މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުކޮށް ވެސް ޝަރީއަތް މަޑުޖައްސާލާކަމަށާއި، އެހެންކަމުން ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ދައުލަތުން އިއުތިރާޒު ނުކުރާކަމަށް ޝާމާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރި ކަންކަން ޚުލާސާކޮށް ކޯޓަށް ހުށައެޅުމެވެ.

މިއަދުގެ އަޑުއެހުން ކުރުކޮށްލައްވަމުން މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި ކަންކަމަށް ދައުލަތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި ފުއްގިރި މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަވާނެކަމަށް ގާޒީ ހަސަން ޝަފީއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައިވާ އިތުރު މައްސަލައެއްގެ އިސްތިއުނާފުވެސް މި ހަފްތާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެމަނިކުފާނު ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ ވ އާރަށު މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކިގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ