ރައީސް ޔާމީނު ކްރިމިނަލް ކޯޓުގައި/ ފޮޓޯ: ޕީއެސްއެމް
ހަބަރު
30 Mar 2023 | 06:03
53 މިލިއަން ދައްކަން ކުރި އަމުރު ބާތިލްކޮށްދިނުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން އެދިއްޖެ!

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވި ހުކުމުގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަ މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

އެ ފައިސާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އަމުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 26 ގަ އެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ބާއްވާފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ހައިކޯޓުގައި ވިދާޅުވީ ދައުލަތަށް މުދަލާއި ފައިސާ ނަގަން ކުރާ އަމުރު މައުލޫއީ މައްސަލައިގައި ހުކުމުގައި ހިމަނަން ޖެހޭނެ ކަމަށެވެ.

އާރަށު މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން އަމުރެއް ކޮށްފައިނުވާއިރު، މައްސަލަ ނިމުނުފަހުން ހަމަ އެގަޒިއްޔާގެ ދަށުން އަމުރެއް ނެރުމަކީ އެންމެހާ ގާނޫނުތަކާއި އިޖުރާއަތްތަކާއި ހިލާފު އަމުރެއް ކަމަށާއި އެހެންކަމުން، އެ އަމުރަކީ ބާތިލް އަމުރެއްކަމުގައި ކަނޑައަޅައިދީ ދައުލަތަށް މުދަލާ ފައިސާ ނަގާނަމަ އެކަން ކުށް ސާބިތުވުމުން ކުރާ ހުކުމުގައި ހިމެނުމަށް ކަނޑައަޅައިދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

ރައިސް ޔާމިންގެ ފަރާތްޕުޅުން މިފަދައިން އެދިވަޑައިގެން ނަމަވެސް ދައުލަތުން ވަނީ 53 މިލިއަން ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

އެ މައްސަލައިގައި ވީހާވެސް އަވަހަށް ގޮތެއް ނިންމުމަށް ހައިކޯޓުގެ އިސް ގާޒީ ބޭނުންފުޅުވާކަމަށް ވިދާޅުވި އެވެ. އަދި ކޯޓުގެ ގަޑިތަކަށް ބަލާ ވީ އަވަސް ފުރުސަތެއްގައި އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެ އަޑުއެހުމުގައި ދައުލަތުގެ ޖަވާބާއި ގުޅިގެން ދިފާއުން އެއްޗެއް ބުނަން އޮތްނަމަ އެ ފުރުސަތު ދިނުމަށްފަހު އެ މައްސަލައިގައި ގޮތެއް ކަނޑައަޅާ ހުކުމް އިއްވާނެކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ