ރައީސް ޔާމީން ކޯޓުން ވަޑައިގަންނަވަނީ/ ފޮޓޯ: ސަން
ހަބަރު
30 Mar 2023 | 18:52
ރައީސް ޔާމިންގެ ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި

ރ ފުއްގިރި މައްސަލައިގެ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ރައީސް ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުން އެކަމާއި މެދު ގޮތެއް ނިންމަންދެން ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް ޝަރީއަތްތައް މަޑުޖައްސާލުމަށް އިއުތިރާޒު ނުކުރާކަމަށް ދައުލަތުން ވެސް ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައިވަނިކޮށް، އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން ކުރިމިނަލް ކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅިގެން މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ހައިކޯޓުގައި މިހާރު އޮތް އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި ކުރިއަށްދާ ރ ފުއްގިރި މައްސަލަ މަޑުޖައްސާލުމުގެ އަމުރެއް ނެރުއްވާފައެވެ. 

އެ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހަސަން ޝިފާއު ވިދާޅުވީ ފުއްގިރި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލުމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ހުށައެޅުއްވުމަށް ބަލާ ހައިކޯޓުގެ ގަވައިދުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ކޯޓުން (ހައިކޯޓުން) ވަކި ގޮތެއް އަންގަންދެން ނުވަތަ އެ މައްސަލައިގައި އެ ކޯޓުން ވަކި ހުކުމެއް ނެރެންދެން ކްރިމިނަލް ކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަންގާ އަމުރުކުރާ ކަމަށެވެ. 

ހައިކޯޓުގައި ފުއްގިރި މައްސަލައިގެ އިސްތިއުނާފުގެ އިތުރުންވެސް ރައީސް ޔާމިންގެ ފަރާތްޕުޅުން އިތުރު ދެ މައްސަލައެއްވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެއީ ވ އާރަށުގެ މައްސަލައިގައި ހުކުމުގައި ހިމެނޭ ޖޫރިމަނާ 53 މިލިއަން ރުފިޔާ ހަ މަސް ދުވަސްތެރޭ ދެއްކުމަށް ކުރި އަމުރާއި ވ އާރަށުގެ މައްސަލައިގެ ހުކުމް ބާތިލްކޮށްދިނުމަށް އެދި ހުށައެޅި މައްސަލައެވެ. 

މިއަދު ހައިކޯޓުން ވަނީ 53 މިލިއަން ރުފިޔާ ދައްކަން ހުކުން ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައެވެ. އަދި ދެން އަންނަ އަޑުއެހުމެއްގައި އެ މައްސަލައާއި މެދު ހައިކޯޓުން ގޮތެއް ނިންމަވާނެކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ