ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ދި ޑެއިލީ
ހަބަރު
30 Mar 2023 | 18:50
ޖޫރިމަނާގެ ގޮތުގައި 53 މިލިއަން ކަނޑައެޅިގޮތް ދައުލަތުން ސާފުކޮށްދޭން ޖެހޭ: ރައީސް ޔާމީން

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ރިޝަވަތު ޤަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ހުކުން އިއްވިތާ 63 ދުވަސް ފަހުން އެ މައްސަލައިގެ ޖޫރިމާނާއަކީ 53 މިލިއަންކަމަށް ދައުލަތުން ކަނޑައެޅިގޮތް ސާފުކޮށްދޭން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ. 

ވ. އާރަށު މައްސަލައިގެ ހުކުމް ކުރިތާ ދެ މަސްފަހުން ދައުލަތުން ވަނީ އެ މައްސަލައާއި ގުޅިގެން ޖޫރިމަނާގެ ގޮތުގައި 53 މިލިއަން ރުފިޔާ ހަމަސް ދުވަސްތެރޭ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓު މެދުވެރިކޮަށް އަމުރެއް ނެރެފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިއަދު ވަނީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އެ ކޯޓުގައި ކުރިއަސް ގެންގޮސްފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވާހަކަތަކަށްފަހު ރައީސް ޔާމީން ފުރުސަތެއް ހޯއްދަވާ ވިދާޅުވީ އެ މައްސަލައާއި ގުޅިގެން 53 މިލިއަން ރުފިޔާ ދެއްކުމަށް ދައުވާފޯމުގައި ހިމަނާފައި ވީ ނަމަވެސް އެއީ ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައިވެސް އެއްވެސް ގޮތަަކަށް ވާހަކަދެކެވި އަދަދެއް ނޫން ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ އާރަށު މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ގޮތުގައި ހިމެނޭ ފައިސާކަމަށް ދައުލަތުން ފާހަގަކޮށްފައިވަނީ 1 މިލިއަން ޑޮލަރު ކަމަށާއި، މިހާރުވެސް އެ ފައިސާ މޯލްޑިވިއަން އިސްލާމިކް ބޭންކުގައި ޖަމާކޮށްފައި ހުރިގޮތަށް ހުންނާނެކަމަށެވެ. 

އެހެންކަމުން އެ ފައިސާއިން ނަފާ ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށާއި، އިތުރުވެފައި ހުންނާނީ އިންޓްރެސްޓަށް އަރާ އަދުދަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދައުލަތުން އަމުރު ނެރެފައިވާ ގޮތަށް 53 މިލިއަން އެއަށް އަރާނެ ގޮތެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. 

"އަޅުގަނޑު މި ދަންނަވަނީ 52 މިލިއަން ތެރޭގައި މި ހިމެނެނީ ހަމަ ސައްހަކޮށް، ހަލާލުކޮށް، ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާ މުދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަޅުގަނޑު ހޯދާފަ ހުރި ފައިސާ ވެސް މީގަ އެބަ ހިމެނޭ. އެހެންވީމަ ދައުލަތުން މިހާރު އިދާރީ އަމުރެއްގެ ތެރެއިން ނެރުއްވާފަ އޮތް 52 މިލިއަން ރުފިޔާ މިއަށް އަރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. މީކީ ބަހުސް ކުރެވުނު މައްސަލައެއް ނޫން"

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު 

ވ. އާރަށު މައްސަލައާއި ގުޅިގެން 52.95 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ރައީސް ޔާމީންގެ ޣައިރު ހާޒިރުގައެވެ. އެހެންކަމުން އެ މައްސަލައާއި ގުޅިގެން ބަހުސްކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ އަދަދު ކަނޑައެޅި ގޮތް ސާފުކޮށްދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އާރަށު މައްސަލައިގައި ހުކުމް އިއްވިތާ 63 ދުވަސްފަހުން އަނެއްކާ އެމަނިކުފާނުގެ މައްޗަށް 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ މަޤުބޫލު ސަބަބެއް އޮވެގެންކަން ދައުލަތަށް ކިޔާދެވިފައެއް ވެސް ނުވެއެވެ. 

ވ. އާރަށު މައްސަލައާއި ގުޅިގެން 52.95 މިލިއަން ދެއްކުމަށް ރައީސް ޔާމިނަށް ކުރި އަމުރުގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. ދެން އެންމެ އަވަހަށް ބާއްވާ އަޑުއެހުމެއްގައި އެ މައްސަލައާއި މެދު ގޮތެއް ނިންމާނެކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ