ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި މިނިސްޓަރު ފައްޔާޟް އިސްމާއިލް
ހަބަރު
30 Mar 2023 | 22:26
އެނގިފައި ހުރި ކަންކަން އިތުރަށް ސާފުވެއްޖެ؛ އެކުގައި ކުރިއަށް ނުދެވުމުން ހިތާމަ ކުރަން: ފައްޔާޒު

މައިދާން ތައްޔާރު ވެއްޖެ ކަމަށާއި އެކުގައި ކުރިއަށް ނުދެވުނީތީ ހިތާމަ ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކޯލިޝަނުގެ މެމްބަރެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިއަދު އިއުލާން ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ ސިޔާސީ މައިދާނުގެ އަސްލު މަންޒަރު މަޑުމަޑުން ސާފުވަމުންދާ ކަމަށެވެ. 

އަދި ހަނގުރާމައިގެ މައިދާން އޮތީ ތައްޔާރުވެފައި ކަން ފާހަގަކުރައްވައި ވިދާޅުވީ ކުރިންވެސް އެނގިތިބި ކަންކަން އިތުރަށް ސާފުވެއްޖެ ކަމަށެވެ.

މިއާއެކު އޭނާ ވިދާޅުވީ ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށާއި މި ދަތުރުގައި އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށެވެ. 

"އިންޝާ الله 2023 އަދި ކާމިޔާބު އޮތީ އަހަރުމެންނަށް" ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. 

އަދި ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރުއެމް ވަކި ގޮތެއް އަދި ނުނިންމަ އެވެ.

މީގެ އިތުރުން ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރައްވަން ނިންމަވައި، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ހަރަކާތެއް ފަށްޓަވައިފަ އެވެ. އެ ގޮފީގެ މެންބަރުން އަންނަނީ ޖުމްހޫރީ ޕާޓީއާ އެކު ގިނަ މަޝްވަރާތައް ބާއްވަމުންނެވެ.

ރައީސް ޞާލިހަށް މިވަގުތު ތާއީދު ކުރަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.

ކޮމެންޓް
ނާޝިދު
ވަގުތު ގާތްވަމުން ދާވަރަކަށް ޢަދިވެސް ކަންކަން މާބޮޑުތަނުން ސާފްވާނެ
30 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.