ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އުއްޗު--
ހަބަރު
31 Mar 2023 | 21:07
އުއްޗުގެ ތާއީދު ރައީސް ޞާލިހަށް!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ނިންމަވައިފިއެވެ. 

އުއްޗު ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން އިޢުލާން ކުރައްވާފައިވަނީ އޭނާގެ ރިސޯޓް ޗަމްޕާ ގިރީގައި މިއަދު ބޭއްވުނު ޚާއްސަ ރޯދަވީއްލުމުގެ ތެރެއިންނެވެ. 

މި ރޯދަ ވީއްލުމަށް ޗަމްޕާ ގިރި އަށް ރައީސް ސޯލިހު ވަޑައިގަތުމުން މަރުހަބާ ދެންނެވީ އުއްޗު އެވެ. އަދި މި ރޯދަވީއްލުމުގެ ކުރިން އުއްޗު ވަނީ "އިބޫ 23" ޖަހާފައިވާ ޖާޒީއެއް ރައީސް ޞާލިހަށް އަރުވައިފަ އެވެ.

މި އަހަރުގެ ރިޔަސީ އިންތިހާބުގައި ރައީސަށް، އުއްޗުގެ ތާއީދު އޮތް ކަން އަންގައި ދިނުމަށް "އިބޫ 23" ޖަހާފައިވާ ޖާޒީއެއް ރައީސަށް އަރުވަނީ.

ރައީސްގެ ދެކަނބަލުންނަށް ދެއްވި ރޯދަވީއްލުމުގައި އުއްޗުގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ. 

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. 

އަދި ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރުއެމް ވަކި ގޮތެއް އަދި ނުނިންމަ އެވެ.

މީގެ އިތުރުން ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރައްވަން ނިންމަވައި، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ހަރަކާތެއް ފަށްޓަވައިފަ އެވެ. އެ ގޮފީގެ މެންބަރުން އަންނަނީ ޖުމްހޫރީ ޕާޓީއާ އެކު ގިނަ މަޝްވަރާތައް ބާއްވަމުންނެވެ.

ރައީސް ޞާލިހަށް މިވަގުތު ތާއީދު ކުރަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. އެހެންކަމުން، ބޮޑު ޕާޓީ އެއް ރައީސް ޞާލިހާއި އެކު ނެތުމުން ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ޏަންޖަބީލު
އުއްޗުއަށް ފުދެނީ އަޅެފަހެ ކިހާވަރަރެއް ލިބުނީމަތަ؟
01 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.