މާކެޓުގެ އެންމެ ކުޑަ ފައިނޭސިންގ ރޭޓާއެކު އެމްއައިބީ އުޖާލާއިން ބޯހިޔާވަހިކަމަށް ބޮޑު ލުޔެއް

މޯލްޑިވްސް އިސްލާމިކް ބޭންކް

އެންމެ ކުޑަ ފައިނޭންސިންގ ރޭޓާއި އެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ "އުޖާލާ ހިޔާ" ހޯމް ފައިނޭންސިންގް ފެސިލިޓީ ތައާރަފްކޮށްފި އެވެ.

އެމްއައިބީގެ އުޖާލާ ހިޔާ ފެސިލިޓީ އަކީ ފުލެޓް، ރޯހައުސް، ގެއެއް (އިމާރާތްކޮށް ނިމި، އިމާރާތް ކުރަމުންދާ) ގަތުމަށް ބޭނުންވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އެ ބޭންކުން ތަޢާރަފް ކޮށްފައިވާ ފެސިލިޓީއެކެވެ. "އުޖާލާ ހިޔާ" ގެ ފައިނޭންސިންގ (ރެންޓަލް) ރޭޓަކީ އަހަރަކަށް %9 އާއި %11 އެވެ.

އެމްއައިބީ އުޖާލާ ހިޔާ ފައިނޭންސިންގ ފެސިލީގެ ދަށުން ފައިނޭންސް ކޮށްދޭ ޕްރޮޖެކްޓް ތަކާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އެ ބޭންކުގެ، ހެޑް އޮފް ރެޓްރިއަލް ފިނޭންސިންގެ ނާހިދު އިދްރީސް ވިދާޅުވީ, މާލެ ސިޓީގެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ގިނަ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ތަކަށް އެ ފެސިލީގެ ދަށުން ކުޑަ ފައިނޭންސިންގ ރޭޓްގައި ފައިނޭންސް ކޮށްދެއްވާ ކަމަށެވެ.

"އެމްއައިބީ "އުޖާލާ ހިޔާ" ފައިނޭސިންގެ ދަށުން އަޅުގަނޑުމެން ތަފާތު ގިނަ ޕްރޮޖެކްޓް ތަކަށް އެވަ ފައިނޭންސް ކޮށްދެން. އެހޮތުން، އެސްޓީއޯ އިން އެސްޓީއޯގެ ސްޓާފުންނަށް ޑިވެލޮޕްކުރަމުންދާ އެސްޓީއޯގެ ހިޔާ ފްލެޓް ލިބިލައްވާ ފަރާތްތަކަށް އަޅުގަނޑުމެން އެބަ ފައިނޭންސިންގ އެބަ ކުރިއަށް ގެންދަން. އަދި މީގެ އިތުރުން ހުޅުމާލޭ ފޭސް 1 ގައި އެސްޖޭއިން ޑިވެލޮޕްކުރާ އެސްޖޭ ކްރީކް ޕޮރޮޖެކްޓްގެ އިތުރަށް، ސާސޭ ފުލެޓުން ހަދަމުންގެންދާ ގްރީކް ވިއުގެ އިތުރަށް، އާރްސީސީން ޑިވެލޮޕްމަންޓް ކުރަމުންދާ ބްލޫ ހެވަން ޕްރޮޖެކްޓަށް އަޅުގަނޑުމެން އެބަ ފައިނޭންސް ކޮށްދެން. މީގެ އިތުުރުން އެޕޯލޯއިން ހުޅުމާލޭ ފޭސް 1 ގައި ހަދަމުންގެންދާ ސެންޓްރިއަލް ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އެބަ ފައިނޭންސް ކޮށްދެން. އަދި އޭގެ އިތުރަށް މިހާރު ނިމެމުންދާ ޕްރޮޖެކްޓެއް ކަމަށްވާ އަކުއާވިޓާއިން އެޕާޓްމަންޓް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް ވެސް އެބަ ފައިނޭންސްކޮށްދެން. އަދި އޭގެ އިތުރަށް ހުޅުމާލޭ ފޭސް 2 ގައި މިހާރު އެޗްޑީސީން ވިއްކަން ތައްޔާރު ވަމުންދާ ވިނަރެސް އެޕާޓްމަންޓް ތައް ބައްލަވައިގަންވަން ބޭނުންވާ ފަރާތްތަކަށް ވެސް އަޅުގަނޑުމެން ފައިނޭންސް ކޮށްދޭނަން. ވިނަރެސް އެޕާޓްމަންޓްގައި ބޭންކަކުން ފައިނޭންސް ކުރާ ނަމަ، އެޗްޑީސީން ލީސް ޓު އޯން މޮޑެލްގައި ވިއްކާ އަގަށްވުރެ %10 އަގުހެޔޮކޮށް ގަންނަން ފައިނޭންސް ލިބޭނެ." ނާހިދު އިދްރީސް ވިދާޅުވި އެވެ.  

މިއާއެކު އޭނާ ވަނީ، އެމްއައިބީން ފައިނޭންސް ކޮށްދެމުންދާނީ މިހާރު މާކެޓްގަަައި ލިބެން ހުރި އެންމެ ކުޑަ ރޭޓް ކަމުގައިވާ %9 ޕަސެންޓް ގައި ކަން ފާހަގަކުރައްވާފައެވެ. 

އެމްއައިބީގެ އުޖާލާ ހިޔާ ފެސިލިޓީ އަކީ ޑިމިނިޝިން މުޝާރަކާ ޕާރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދާ ސްކީމެކެވެ.

ޑިމިނިޝިން މުޝާރަކާ އަކީ ކޮބާ؟

ޑިމިނިޝިންގް މުޝާރަކާއަކީ އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ބޭންކާއި ކަސްޓަމަރ އާއި ދެމެދު އުފެއްދޭ ޕާރޓްނާޝިޕް އެކެވެ. މިޕާރޓްނާޝިޕްގެ މަޤްޞަދަކީ ބޭންކާއި ކަސްޓަމަރ އާއި ދެފަރާތުން ހިއްސާވެގެން ފުލެޓް/ރޯހައުސް/ގެއެއް (އިމާރާތްކޮށް ނިމި، އިމާރާތް ކުރަމުންދާ) ގަތުން ކަމުގައި އެމްއައިބީން މައުލޫމާތު ދެއެވެ.

މިގޮތުން ޕާރޓްނަރޝިޕް މެދުވެރިކޮށް ބައްލަވައިގަންނަވާ ތަނުގައި ބޭންކުގެ ހިއްސާއަށްވާބައި، ފެސިލިޓީގެ މުއްދަތުގެ ތެރޭގައި ބޭންކުން ކަސްޓަމަރއަށް އަހަރަކަށް ވަކި ރޭޓެއްގައި ކުއްޔަށް ދޫކުރާނެއެވެ. އަދި ބޭންކުގެ ހިއްސާ ކަނޑައެޅިފައިވާ ވަކި ތާވަލަކާއިއެއްގޮތަށް ކަސްޓަމަރއަށް، ހިއްސާގެ އަސްލު އަގުގައި ބޭންކުން ވިއްކަމުން ދާނެއެވެ. މިގޮތުގެ މަތިން ފެސިލިޓީއަށް ފައިސާދައްކާ ނިމޭއިރު، ބޭންކުގެ އެއްވެސް ހިއްސާއެއް ބައްލަވައިގަނެފައިވާ ފުލެޓް/ރޯހައުސް/ގޭގައި ނޯންނާނެއެވެ.

މި ސްކީމްގެ ދަށުން ކަސްޓަމާރގެ ހިއްސާގެ ގޮތުގައި އެންމެ މަދުވެގެން ބައްލަވައިގަންނަވާ ތަނުގެ އަގުގެ 20% އާއި %30 ދެމެދުގެ އަދަދެއް އިކުއިޓީ ދައްކަންޖެހެއެވެ. 

ކަސްޓަމާރގެ ހިއްސާ/އިކުއިޓީއަށްވާ ފައިސާ ދައްކާނީ ކިހިނެއް؟

ކަސްޓަމަރގެ ހިއްސާ ނުވަތަ އިކުއިޓީ އެބޭފުޅެއްގެ ރައްކާކުރެވިފައިވާ (ބޭންކް އެކައުންޓެއްގައިވާ) ފައިސާއިން ދެއްކެއެވެ. ނުވަތަ އެބޭފުޅެއްގެ ޕެންޝަން ފަންޑުގައިވާ ފައިސާ ރަހުނުކުރެވެއެވެ. ރައްކާކުރެވިފައިވާ (ބޭންކް އެކައުންޓެއްގައިވާ) ފައިސާއިން އިކުއިޓީއަށް ދައްކާނަމަ އެފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާކުރެއްވުން ނުވަތަ ވިއްކާފަރާތަށް އެބޭފުޅެއްގެ އެކައުންޓް މެދުވެރިކޮށް ދައްކަންޖެހެއެވެ. އަދި މި ފައިސާ ލިބުނުގޮތްވެެެސްް ބުނެދެން ޖެހެއެވެ.

ކަސްޓަމަރގެ އިކުއިޓީގެ ޖުމްލަ އަދަދުން ވަކިވަރެއް ޕެންޝަން ފަންޑުގައިވާ ފައިސާ އިން ރަހުނުކޮށް، ބާކީއަށްވާ ބައި ފައިސާއިންވެސް ދެއްްކުމުގެ ފުރުސަތުު އޮވެއެވެ. އަދި، ފެސިލިޓީއަށް އެދިލައްވާ ފަރާތުގެ ޕެންޝަން ފަންޑުގައިވާ ރަހުނުކުރެވޭ ފައިސާއަކީ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި އެއްވަރު އަދަދެއް ކަމުގައިވާނަމަ އިކުއިޓީގެ ގޮތުގައި އެންމެ މަދުވެގެން %1 ފައިސާއިން ދައްކަންްޖެހެއެވެ. ޕެންޝަން ފަންޑުގައިވާ ފައިސާ ރަހުނު ކުރާނަމަ ޕެންޝަން ފަންޑުގެ ތަފްޞީލް އެނގޭނެ ލިޔުމެއް ފެސިލިޓީއަށް އެދޭ ފޯމާއިއެކު ހުށަހެޅުމަށް އެމްއައިބީން އެދެއެވެ. އަަަދިދ ފެސިލިޓީ ހަމަޖެހުމުން، ޕެންޝަން ފަންޑުގައިވާ ފައިސާ ރަހުނުކުރުމުގެ އިދާރީ މަސައްކަތްތައް ބޭންކުގެ ފަރާތުން ކުރަން ފަށާނެ ކަމަށްވެސް އެ މައުލޫމާތު ދެއެވެ. 

ފެސިލިޓީ ނަގާއިރު ގްރޭސް ޕީރިއަޑެއް އިންނާނެތަ؟

އިމާރާތްކޮށް ނިމިފައިވާ ތަނެއް ނަމަ އެންމެ ގިނަވެގެން 03 މަހުގެ ޕީރިއަޑެއް އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް ދެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ. މި ތިން މަހުގެ ކުލި ފައިނޭންސިންގ މުއްދަތަށް ބަހާލައިގެން ދައްކަންޖެހެއެވެ.

އިމާރާތްކުރަމުންދާ ތަނެއްނަމަ އިމާރާތްކުރަމުންދާ މުއްދަތުގެ ތެރޭގައި މަސައްކަތްކުރެވެމުންދާ ނިސްބަތުން ފައިނޭންސިންގ މުއްދަތަށްވާ ޖުމްލަ ކުލީގެ ތެރެއިން ބައެއް އެޑްވާންސް ކުލީގެ ގޮތުގައި ދައްކަންޖެހެއެވެ.

ފެސިލިޓީއަށް އެދޭ ފަރާތުގެ ޝަރުތުތައް

1) އެޕްލިކޭޝަން ހުށަހަޅުއްވާއިރު އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން.

2) ދާއިމީ ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ނުވަތަ/ ކުލީގެ ގޮތުގައި އާމްދަނީ ލިބިލައްވާ ފަރާތެއްކަމުގައިވުން

3) ބޭންކުން ނަންގަވާ ފެސިލިޓީއަށް ކޮންމެމަހަކު ދައްކަވަން ޖެހޭ އަދަދާއި އަދި އެހެނިހެން އިދާރާތަކަށް ދައްކަވަންޖެހޭ ފައިސާގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބިލައްވާ އާމްދަނީގެ %50 އަށްވުރެ އިތުރު ނުވުން.

4) ފެސިލިޓީ ހަމަޖެހުމަށްފަހު، ފެސިލިޓީގައި ބައިވެރިވިލައްވާ ފަރާތްތަކަށް ލިބިލައްވާ އާމްދަނީ، ފެސިލިޓީގެ މުއްދަތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާކުރެއްވުން.

މި ފެސިލިޓީ ނެގޭ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ.  ނަމަވެސް، ފެސިލިޓީގެ މުއްދަތު ހަމަވާއިރު ފެސިލިޓީގައި ބައިވެރިވެލެއްވި ފަރާތްތަކުގެ އުމުރުން 65 އަހަރު ވެގެން ނުވާނެ ކަމަށް އެމްއައިބީން ޝަރުތު ކުރެއެވެ.

ފެސިލިޓީއަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދައްކާނެގޮތް

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވިފައިވާ އެކައުންޓަށް ކޮންމެ މަހަކުވެސ،ް ފައިސާ ދައްކަން ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ފައިސާ ޖަމާކުރައްވައިގެން ފައިސާ ދެއްކޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކޯ-އެޕްލިކަންޓުންނާއި އާމްދަނީގެ ގޮތުގައި ބަލައިގަނެވޭ އާމްދަނީ 

ކޯ އެޕްލިކަންޓްއެއްގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި، މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ އަދި އަމިއްލަ ދަރިންނެވެ. 

އަދި އާމްދަނީގެ ގޮތުގައި ބޭންކުން ބަލައިގަންނަނީ ދާއިމީ ވަޒީފާއެއް އަދާކޮށްގެން ލިބޭ މުސާރައާއި ކުލީގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މިއާމްދަނީ އަކީ ލިޔެކިޔުންތަކުން ކަށަވަރުކުރެވޭ އާމްދަނީ އަކަށް ވާންޖެހެއެވެ. 

ފެސިލިޓީ ހޯދުމަށް ކަސްޓަމަރގެ އަތުންދާނެ ޚަރަދު

15 އަހަރު ނުވަތަ 20 އަހަރުގެ ފެސިލިޓީ އެއް ނަގާނަމަ، ގާތްގަޑަކަށް މަހަކު ދައްކަންޖެހޭ އަދަދާއި،  ޢާމްދަނީގެ ގޮތުގައި މަދުވެގެން ލިބެން ޖެހޭ އަދަދާއި ޕްރޮސެސިން ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ތިރީގައިވާ ތާވަލްގައި އެވަނީ އެވެ. 

މި ތާވަލްގައި މިފަދައިން އިން ނަމަވެސް، އެޕާޓްމަންޓް ގަންނަ އިރު ކަނޑައަޅާ މުއްދަތައް ވުރެ އަވަހަށް ފައިސާ ދައްކަން ބޭނުން ނަމަ އެ ފުރުސަތު ވެސް ކަސްޓަމާރ އަށް އޮންނާނެ ކަމަށް ނާހިދު އިދްރީސް ފާހަގަކުރެއްވި އެވެ. އެގޮތުން 20 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް އެޕާޓްމަންޓް ގަތުމަށްފަހު، އެފައިސާ 10 އަހަރުގެ ތެރޭގައި ދައްކަން ބޭނުންނަމަ، ބާކީ އޮތް 10 އަހަރަށް ކުރީބައިގައި ބޭންކުން ޝެޑިއުލް ކޮށްފައި އޮތް ފައިދާގެ އަދަދު ދައްކަން ނުޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެމްއައިބީ މެދުވެރިކޮށް ފުލެޓް/ރޯހައުސް/ގެއެއް ގަތުމުގެ ޕްރޮސެސް ކުރިއަށްދާނެ ގޮތް

1) ވިއްކާފަރާތާއި އެކު ފުލެޓް/ރޯހައުސް/ގެއިގެ ބުކިން ހަމަޖެއްސުން

2) އެޕްލިކޭޝަން ފޯމު ހުށަހެޅުން

3) ފެސިލިޓީ ހަމަޖެހުމުން އެގްރިމެންޓް ތަކުގައި ސޮއިކުރުން

4) ތަން ވިއްކާ ފަރާތަށް އިކުއިޓީގެ ގޮތުގައި ފައިސާ ދެއްކުން

5) ކަސްޓަމާއަށް ތަޅުދަނޑި ހަވާލުކުރުން

6) ރެޖިސްޓްރޭޝަން ނިމުމުން ތަން ރަހުނު ކުރުން  

ކޮމެންޓް