ރައީސް ޞާލިހު ނިއުކޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި ވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Apr 2023 | 18:10
ނިއުޔޯކު ދަތުރުފުޅުގެ ރަސީދު ހާމަކޮށްފިނަމަ ރައީސް ޞާލިހަށް ނުރައްކާވާނެ: ދައުލަތް

2021 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ދަތުރުފުޅުތަކަށް ކުރެއްވި ޚަރަދުގެ ތަފްސީލުތައް ނުވަތަ ރަސީދުތައް ހާމަކޮށްފިކަމަށް ވާނަމަ އެމަނިކުފާނަށް ނުރައްކާވެދާނެ ކަމަށް ދައުލަތުން ބުނެފި އެވެ. 

ސެޕްޓެމްބަރު 2021 ގެ 18 އިން 26 ގެ ނިޔަލަށް ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ހޯދަން "ދިޔަރެސް" ނޫހުން އެދުމުން ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ޖުމްލަ ހަރަދުވީ 5،354،709.08 ރުފިޔާ ކަމަށެވެ.

އެހެން ނަމަވެސް އެ އަދަދުގެ ޞައްހަކަމާމެދު ސުވާލު އުފެދޭތީ އެ ނޫހުން ވަނީ ދަތުރުފުޅުތަކަށް ކުރި ޚަރަދުގެ ރަސީދު ހިއްސާކުރުމަށް އެދިފައެވެ. 

އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ އެ ރަސީދުތައް ސިއްރުކުރުމަށް ނިންމާފަ އެވެ. އަދި ބުނެފައިވަނީ އެ ރަސީދުތައް ހާމަކުރުމަކީ އޭގެ ސަބަބުން ރައީސް ޞާލިހުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ވާނެތީ ރަސީދުތއް ހާމަކުރެވެން ނެތް ކަމަށެވެ. 

ރައީސް އޮފީހުން ރަސީދުތައް ހާމަނުކުރި މައްސަލަ ދިޔަރެސް ނޫހުގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައިވާއިރު، އެ އޮފީހުން ވަނީ އުނިކުރަން ހުރި މައުލޫމާތު އުނިކޮށްފައި ނަމަވެސް ރަސީދުތައް ހިއްސާކުރުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ބުނީ ރަސީދުތަކުގައި ޒާތީ މައުލޫމާތުތައް ހިމެނޭތީ ސަލާމަތީ ކަންކަމަށްޓަކައި އެ ރަސީދުތައް ހިއްސާކުރެވެން ނެތްކަމަށެވެ. 

ދައުލަތުން ބުނި ގޮތުގައި ރަސީދުތައް ހޯދަން ހުށަހެޅި ފަރާތުން ބޭނުންވަނީ ރައީސް ޓްރާންސިޓް ކުރެއްވި ތަންތަނާއި ހަރަދުކުރެއްވި ތަންތަން ހޯދާށެވެ.

ރައީސަކީ ދައުލަތުގެ އެންމެ އިސް ފަރާތް ކަމަށް ވާއިރު އެފަރާތް ދަތުރުކުރާ ރޫޓްތަކާއި ހިދުމަތް ހޯދާ ތަންތަނާއި ފަރިއްކުޅުއްވާ ތަކެއްޗާއި އެތަންތަނަކީ އާންމު ހާލަތުގައި އެ މައުލޫމާތު ބޭނުންކޮށްގެން އެފަރާތަށް ނުރައްކަލެއް ކުރިމަތިކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އަދި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ނަމަ އެ ފަރާތުގެ ރުހުމާއެކު މެނުވީ އެ މައުލޫމާތު ދޫކޮށްގެން ނުވާނެ ކަމަށް ގާނޫނުގެ 23 ވަނަ މާއްދާގައި އޮންނަ ކަމަށާއި އެހެންކަމުން 23 ވަނަ މާއްދާއާއި 26 ވަނަ މާއްދާއަށް ރިއާޔަތްކޮށް މައުލޫމާތު ހިފެހެއްޓުމުގެ ބާރު ރައީސް އޮފީހަށް އޮތްކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރަސީދުތައް ހާމަކުރުމަށް އެދިފައިވަނީ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހުގައި ކަމަށެވެ. އަދި އެފަދައިން ރަސީދުތައް ހާމަކުރުމަކީ ރައީސަށް ނުރައްކަލެއް ކުރިމަތިވާނެ ސަބަބެއް ނޫންކަން ފާހަގަކޮށްފައި ވެއެވެ. 

ނިއުޔޯކު ދަތުރުފުޅުގެ ރަސީދުތައް ހާމަކުރުމާއި ގުޅޭގޮތުން ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. ދެން އަންނަ މަޖިލީހެއްގައި ރަސީދުތައް ހާމަކުރުމާއި ނުކުރުމުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައަޅާނެ އެވެ. 

ކޮމެންޓް
ވ
އެހާ ނުރައްކާވާވަރުގެ ބޮޑެތިހަރަދުތައް ކުރާކަންނުވާނެނު ރައްޔިތުންނަށްކިހާބޮޑުގެއްލުމެއް ދެންވެސްވެރިކަންދޫކޮއްލައްވެއްޖެނު ރޮޒޭނާބުނި ރައްޔިތުއްގެލާރިކާމީހުންޖެހޭނީ ޖަލުގައޭ އިންނަށް
04 Apr 2023
ގޮޅާޔާނު
ޔާނު ދައުލަތުން ވަގަށް ނެގި ފައިސާގެ ވާހަކަވެސް ގެނެބަލަ
04 Apr 2023
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ