މިދިޔަ އަަހަރުގެ ފަހު ކުއާޓާގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ޖުމްލަ އާމްދަނީ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފާއިތުވި އަހަރުގެ ފަހު ކުއާޓަރުގެ ތާފާސް ހިސާބުތަށް އެސްޓީއޯއިން ހާމަކޮށްފައިވާއިރު، އެކުންފުންޏަށް ވަނީ 2.6 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ ފާއިތުވި އަހަރުގެ ތިން ވަނަ ކުއާޓަރާއި އަޅާ ބަލާއި 7 އިންސައްތައި ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި އަދަދު އިތުރުވުމާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި އެސްޓީއޯއިން ވަނީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 6 އިންސައްތަ އިތުރަށް ތެޔޮ ވިއްކާފައެވެ. އަދި ތެޔޮ ފިޔަވާ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އަހަރުގެ ފަހު ކުއާޓަރުގައި 7އިންސައްތަ އިތުރުވެފައިވާ ކަމަށް އެސްޓީއޯގެ ތަފާސްހިސާބްތަކުން ހާމަވެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ ލިބުނު އާމްދަނީ އިތުރުވުމާ އެކު ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރ އާއި އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި 49 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި އެއީ 17 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެކުންފުުނިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގަށް އަންނަ ބަލަދާ ގުޅިގެން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ކަމަށެވެ. އަދި އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވުމާ އެކު ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ، އަދި ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުމާއިއެކު އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ އެދާއިރާތަކަށް އިސްވެސްޓްކުރުމާ އެކު ހިއްސާދާރުންނަށް ލިބޭ ފައިދާ ފައިދާ އިތުރުކުރުމަށް ކަމަށެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން ހަތަރުވަނަ ކުއާޓާގެ ފައިދާއަކީ 88 މިލިއަން ރުފިޔާކަމަށާއި، އެއީ ތިން ވަނަ ކުއާޓަރާއި، އަޅާބަލާއިރު، 57 އިންސައްތައިގެ ކުރިއރުމަށް ކަމަށްވެސް އެސްޓިއޯއިން ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists