ކުރީގެ ރައީސް ޔާމީން
ހަބަރު
10 Jul 2026 | 16:58
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން؛ މެނިފެސްޓޯގައި އެކަން ނުހިމަނާނަން: ޔާމީން

އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލު ޝާހު ވަނީ ނުހައްގުން މީހުން ޖަލަށް ލުމާއި، މުވައްސަސާތަކުން ނުހައްގުން މީހުންނަށް އަދަބުދޭ މައްސަލާގައި  އެކަން ކުރާ މީހުންނަށް ޖަލުގެ އަދަބާއި މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނުތައް އިސްލާހް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފަނޑިޔާރުންނާއި އެނޫން ފަރާތްތައްވެސް ނުހައްގުން މީހުންނަށް އަދަބުދޭ ނަމަ، އެފަދަ އަދަބު ދޭނެ ކަމަށް ވިދާޅުވުއެވެ. 

ޝާހުގެ އެ ވާހަކައާއި ގުޅިގެން ވާހަކަދައްކަވަމުން ޔާމީން ވަނީ ފަނޑިޔާރުންގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއިމެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ. އަދި ޝަރީޢަތްތައް ހިންގަވަނީ ޢަދުލުވެރި ފަނޑިޔާރުން ނޫން ކަމަށްވާއިރު މަރުގެ ޙުކުމްކުރައްވާނީވެސް އެ ފަނޑިޔާރުން ކަމަށް ވިދާޅުވުއެވެ. 

ކަން މިހެން ހުރުމުން ފަނޑިޔާރުންގެ ނިޒާމް އެފަދައިން އޮއްވާ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑަކީ ކުރީގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަކާލާތު ކުރި މީހެއް. އެކަމަކު ފަނޑިޔާރުންގެ ނުކުޅެދުންތެރިކަން، ޢަދުލުވެރިކަންނެތްތަން ފެނުނީމާ އަޅުގަނޑު މަރުގެ ހުކުމާ ދެކޮޅު މިހާރު. އަޅުގަނޑަކަށް ނުކެރޭނެ މީހުންގެ މައްޗަށް މަރުގެ ހުކުމް ގެންނާކަށް ފަނޑިޔާރުން، މިހާރު މިތިބަ ފަނޑިޔާރުންގެ ތެރެއިން ކުރުވަން ހެޔޮނުވާނެ އިނގޭތޯ. 

ކުރީގެ ރައީސް ޔާމީން

ކަން މިހެން ހުރުމުން ޕީއެންއެފްގެ މެނިފެސްޓޯގައި އެކަން ނުހިމަނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

”އެހެންވީމާ ތީކީ (މަރުގެ ހުކުމް ތަންފީޒު ކުރުމަކީ) އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ ވާހަކައެއް ނޫން. އަޅުގަނޑަކަށް ލާހިކެއްނޫން މީހުންނަށް މަރުގެ ހުކުމް ދޭކަން. އެއީ އެކަން ކޮށް ފައިސަލާކުރަން މިތިބެނީ އެއްކަލަ ފަނޑިޔާރުންނޭ. ކިހިނެއްތޯ އެމީހުންގެ މައްޗަށް މިކަން ދޫކޮށްލާނީ.“ ޔާމީން ވިދާޅުވިއެވެ. 

ޔާމީން އަކީ މީގެ ކުރިން މަރުގެ އަދަބު ދިނުމަށް ތާއީދު ކިރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ކުރެވުނެވެ. ނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ.

މި ސަރުކާރުން ބުނަނީ މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ. ޚާއްސަކޮށް ވަކި ވަރަކަށްވުރެ ގިނައިން މަސްތިވާތަކެތި އެތެރެކުރާ މީހުންނަށް އެ އަދަބު ދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ދޮރުކަނޑު
ޔާމީނު ބުނާގޮތުން އިސްލާމީ ޝަރީއާ މިގައުމުގައި ގާއިމު ކުރެވޭނީ ވެރިކަމަށް ޢުމަރު ރޢ އައިސްގެންނެވެ. މިފަދަ މީހަކަށް ވެރިކަން ދޭން ހެޔޮވެސް ނުވާނެއެވެ.
10 Jul 2026
ޙުސައިން
ޔާމީނާ އެއްކޮޅަށް މަސްލައެއް ނިމިއްޖިއްޔާ ފަނޑިޔާރުން ޢަދުލުވެރި. ދެކޮޅަށް މަސްސަލައެއް ނިމިއްޖެއްޔާ ނުވަތަ ނިމިދާނެހެން ހީވެއްޖިއްޔާ ފަނޑިޔާރުން ޢަދލުވެރިއެއް ނޫން.
10 Jul 2026
ބޮޑާބޭ
ތިޔައޮތީ މަސްނުބޭނުނީމާ ކަނޑު ނުބައިވެފާ.
11 Jul 2026
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.