ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ/ދިޔަރެސް
ހަބަރު
05 Apr 2023 | 12:44
މޮޓޯކޭޑް މައްސަލައިގައި ޒިންމާ ނުނަންގަވައި މާރިޔާ ވިދާޅުވީ ރޫޓު ކަނޑައަޅަނީ ވަޒީރު ނޫން ކަމަށް

ރައީސުލުޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު ގެ  މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުރަސްއެޅު މައްސަލާގައި ޒިންމާ ނުނަންގަވައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ކަނޑައެޅުއްވުމަކީ ދިފާއީ ވަޒީރެއް ކުރައްވާކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހު ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ގެކޮޅަށް ވަޑައިގެންނެވި މަގުމަތިން އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އިދިކޮޅު ސަޕޯޓަރުން މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ ފުލުހުންނާއި ސިފައިންގެ ހާޒިރުގައެވެ. 

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް މާރިޔާއަށް އަމާޒު ވެފައިވާއިރު، އެކަމާއި ގުޅިގެން މާރިޔާ މަޖިލީހަށް ހާޒިރުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލަ އެއްވެސް އިދިކޮޅުން މަޖިލީހަށް ހުށަހެޅިއެވެ. 

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެކަމާއި ގުޅިގެން މާރިޔާ އާއި ސުވާލު ކުރައްވާފައެވެ. 

އެގޮތުން، ރައީސްގެ މޮޓޯކޭޑަށް ދިމާވި ހާލަތަކީ ދުރާލައި ރާވައިގެން ހިނގިކަމެއްގެ ގޮތުގައި ބެލެވޭތޯ އާއި ސިލްސިލާކޮށް މުޒާހަރާތައް ކުރިޔަށް ގެންދާ ތަނެއްގެ ކައިރިން މޮޓޯކޭޑު ދިއުމަށް ނިންމާފައިވާ ނިންމުމަކީ އެއީ ގަސްތުގައި ކުރެއްވި ކަމެއްތޯ ސައީދު ސުވާލު ކުރެއްވި އެވެ.

ސައީދުގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވައި މާރިޔާ ވަނީ އޭނާ އާއި ސުވާލު ކުރެވޭނީ އޭނާގެ ރަސްމީ މަސްއޫލިއްޔަތާއި މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށް ވިދާޅުވެފައެވެ.

”މި މައްސަލަ 241 ކޮމިޓީން ދަނީ ބައްލަވަމުން.. ދެން އަޅުގަނޑު ދަންނަވާލާނީ ދެންމެ ވެސް އަޅުގަނޑު ދަންނަވާލިން އަޅުގަނޑުގެ ވަޒީރުކަމުގެ އެ މަސައްކަތް އަޅުގަނޑުގެ ރަސްމީ މަސައްކަތް ހިމެނޭ ކަންތައްތައް.. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ކަނޑައެޅުއްވުން އެއީ ދިފާއީ ވަޒީރެއް ކުރައްވާކަމެއް ނޫން.. އެހެންވީމަ ވަޒީރުންނާއި ސުވާލު ކުރުމުގެ ތަރަހައިގެ ތެރެއިން ހިމެނޭ ގޮތަށް ނޫން ގޮތަކަށް ސުވާލު ކުރެވޭނެކަމަށް އަޅުގަނޑު ގަބޫލު ނުކުރަން…“ 

މާރިޔާ އަހުމަދު ދީދީ

ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ފެއިލްވިގޮތް ބެލުމަށް 241 ކޮމެޓީއިންވެސް ވަނީ މަސައްކަތް ފަށައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ކާނަލް އަބްދުالله އިބްރާހިމް ވެސް ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.