ޤާސިމް އިބްރާހިމް އަދި ރައީސް ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Apr 2023 | 17:19
ކޯލިޝަނުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ: މިއުވާން

ސަރުކާރު ކޯލިޝަނުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބުމަކީ ސަރުކާރު ހިންގުމަށް ދަތިވާނެ ކަމެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން، ދެން ޖޭޕީގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް ވަޒީފާއިން ވަކިކުރައްވާނެތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބުމަކީ ސަރުކާރު ހިންގަން ދަތިވާނެ ކަމެއްކަމަށެވެ. އެވާހަކަ ކުރިންވެސް ދެކެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

"ކުރިންވެސް ދެންނެވި ގޮތަށް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ނިކުމެއްޖެނަމަ ޖޭޕީއާއެކު މަޝްވަރާކޮށް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެކަމަށް. އެއާއެކު އަދިވެސް ދަންނަވާފާނަން. ތަކުރާރު ވެސް ކޮށްލާނަން. އެއް ސަރުކާރެއްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ"

ރައީސް އޮފީހުގެ ތަރުޖަމާނު މުއިވާން މުޙައްމަދު 

އެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ފަރާތްތައް މަޤާމުތަކުން ވަކިކުރުމާއި މެދު ޖޭޕީއާއި މަޝްވަރާ ކުރާނެކަމަށެވެ. އަދި ކަނޑައެޅިގެން އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމާމެދު ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށްފަހު ކަމަށް މިއުވާން ވިދާޅުވި އެވެ. 

ޖުމްޙޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ އެކަން ރަސްމީކޮށް ޢިއުލާނު ކުރެއްވުމާއެކު ޖޭޕީގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ވަނީ ޖޭޕީން ވަކިވެވަޑައިގެން ރައީސް ޞާލިހަށް ތާއީދުކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފަ އެވެ. 

ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގައި ތިއްބެވި ފަރާތްތައް މަޤާމުން އިސްތިއުފާދެމުންދާ މައްސަލައިގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޤާސިމް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ޖޭޕީން އިސްތިއުފާދެއްވަމުން ދަނީ މަޤާމު ދިފާއުކުރެއްވުމަށް ކަމަށެވެ. 

ސަރުކާރު ކޯލިޝަނާއި ގުޅޭގޮތުން މިއުވާން އިތުރަށް ވިދާޅުވީ އިޚްލާސްތެރިކަމާއެކު ސަރުކާރަށް ޚިދުމަތް ކުރުމަށް ބެނުންވާ ސިޔާސީ ޕާޓީތަކަށް އެފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއެކު ކޯލިޝަން ދެމެހެއްޓުމަށް ރައީސް ޞާލިހު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ހުދުހުދު
އަންނަން އޮތް ކޯލިޝަނެއް ގައި ދެކެންޑިޑޭޓެއް ނެތްދޯ؟
06 Apr 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.