ކުރީގެ ބަންޑާަރަ ނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
07 Apr 2023 | 13:49
މޫނު ބުރުގާއެޅި ދަރިވަރުންނާއި ދޭތެރޭ އަމަލުކުރަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި: އާޒިމާ

އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާއަޅައިގެން ދާ ދަރިވަރުންނާއި ދޭތެރޭ އަމަލުކުރަމުންދަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައިކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

މޫނު ބުރުގާ އަޅައިގެން އަރަބިއްޔާ ސުކޫލަށް ކިޔަވަންދާ ދަރިވަރުންނަށް، އެގޮތަށް ސުކޫލަށް ނުދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު، އެ ދަރިވަރުންނާއި ދޭތެރޭގައި ތަފާތުގޮތަކަށް އަމަލުކުރަމުންދާކަމަށް އެ މައްސަލައިގައި އަރަބިއްޔާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު އަދި ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފައެވެ. 

މޫނު ބުރުގާ އަޅާ ކުދިންނަށް ޓާގެޓުކޮށްގެން ފުރައްސާރަ ކުރޭ! 

ވޮއިސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާޒިމާ ވިދާޅުވީ އަރަބިއްޔާ ސުކޫލުގައި 800 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު މޫނު މުރުގާ އަޅަނީ ނިސްބަތުން ވަރަށް މަދު ދަރިވަރުން ކަމަށެވެ. 

މިހާތަނަށް އަރަބިއްޔާގެ ބެލެނިވެރިންނާއެކު ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، އަދި ބެލެނިވެރިންގެ ފަރާތުން ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު މޫނު ބުރުގާ އަޅާ ކުދިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ސުކޫލުން ދެކޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ކުދިންނާ ކުރަން ނުޖެހޭ ސުވާލުތައްކޮށް ނަފްސާނީ ގޮތުން ކުދިންނަށް އަސަރުކުރާނެ ކަންކަން ސުކޫލުގެ މާހައުލުގައި ވެސް ހިނގާފައިވާކަން އާޒިމާ ފާހަގަކުރެއްވި އެވެ. އަދި އެފަދަ ބައެއް ހާދިސާތައް އާޒިމާ ވަނީ ވޮއިސްއާއި ހިއްސާކޮށްފަ އެވެ. 

"އަޅުގަނޑަށް ފާހަގަކުރެވުނު މިހާރު ކަންތައް ކުރެވޭގޮތުން، އަރަބިއްޔާގަ އުޅޭ ކުދިންގެ ތެރެއިން ވަކި ބަޔަކީ ތަފާތު ކުދިބައެއްގެ ގޮތަށޭ ޑީލް ކުރަނީ. އަޅުގަނޑަށް ފެނުނު އެއްޗަކީ އެއީ. މިސާލަކަށް ކައުންސިލާ ކޮޓަރިއަށް ގެންގޮސްފަ ގޭތެރޭގެ ވާހަކަ އަހާ ޓީވީ ހުރޭތޯ ނޫނިއްޔާ މިވެނިކަމެއް ކުރެވޭތޯ؟ މިސާލަކަށް ތިކުދިން ބޮޑެތި ވެގެން ވާން ބޭނުންވަނީ ޓެރަރިސްޓުންނަށް ހޭ؟"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

އާޒިމާ ވިދާޅުވީ ކުދިން ދިރިއުޅޭ މާހައުލާއި ގުޅިގެން ސަރުކާރުގެ ކޮންސާނުތަކެއް ހުރިނަމަ އެއީ ކުދިންނާއި ވަކިން ބައްދަލުކޮށްގެން އެފަދަ ސުވާލުތައް ކުރަން ޖެހޭ މައްސަލައެއް ނޫންކަމަށެވެ.

އެފަދަ ކޮންސާންތަކެއް ހުރިނަމަ ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް އެކުދިން ދިރިއުޅޭ ހާލަތު ބަލާ މޮނިޓާ ކުރެވިދާނެ ކަމަށާއި، އެއީ ސުކޫލަށް ދާ ދަރިވަރު ވަކިން ހާޒިރުކޮށްގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. 

"ދެން ބައެއް ކުދިންނަށް ސުކޫލުގައި އުޅޭއިތު، ދެން އަތް ދެއްތޯ؟ އެބަ ބުނޭ އަތަކީ އައުރައެއް ނޫންހޭ، ކީއްވެހޭ އަތް ހާމަކުރަނީ؟ އެހެންވެއްޖެއްޔާ މޫނުވެސް ހާމަކުރެވޭނެއޭ. މިޒާތައް ވާހަކަދައްކާކަމަށް އަޅުގަނޑާއި ހަމަޔަށް ޤާނޫނީ ލަފަޔަކަށް އައިރު މައްސަލަ މިއައީ ހަޤީގަތުގައި"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

މޫނު ބުރުގާ އަޅާކުދިންނަށް ޓާގެޓުކޮށްގެން ހިންގާފައިވާ އިތުރު ހާދިސާއެއްވެސް އާޒިމާ ވަނީ ވޮއިސްއަށް ހިއްސާކޮށްފަ އެވެ.

"ދެން ހަމަ އަދި ސުކޫލު އެގްޒާމް ހޯލުގައި އެއްދުވަހަކު ތިއްވާ ގޮއްސަ މާސްކު އޭރު އަޅަނީ، މާސްކު ހަމަ ގެންގުވީއޭ. ގަދަކަމުން މާސްކު ނަގާފަ، (މާސްކު ނެގުވީމަ) އިސްދަށަށް ބައެއް ކުދިން ޖެހޭ. ތަފާތު ސަބަބަށްޓަކާ މިކުދިން ނިޤާބު އަޅަނީ، އަޅުގަނޑު މިސާލަކަށް ބަލާކަށް ބޭނުމެއް ނޫން، މިސާލަހަށް ކީއްވެގެން ތޯއެއް. ދެން އެކުދިންނަށް މަޖުބޫރު މި ކުރަނީ އަނެއްކާ އިސް އުފުލަން. މީ އެގްޒާމް ހޯލުގެ ވާހަކަ މި ދައްކަނީ"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

އާޒިމާ ވިދާޅުވީ މީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކުދިން ކޮންމެ ސަބަބަކާ ހުރެ މޫނު ބުރުގާ އެޅިކަމުގައި ވީ ނަމަވެސް، އެއީ ތަފާތު ގޮތަކަށް އެމީހުންނާއި ދޭތެރޭ ދެކެން ޖެހޭ އަދި ތަފާތުކޮށް އެ ކުދިންނާއި ދޭތެރޭ ސުކޫލު މާހައުލުގެ ތެރެއިން އަމަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މޫނު ބުރުގާ އަޅަނީ ޓެރަރިސްޓުންނަށް ވާން ބޭނުންވާތީ ތޯ ސުވާލު ކުރޭ!

ކުދިންނާއި އެއްގޮތަކަށް ވެސް ވާހަކަ ދެކެވިގެން ނުވާނެ ބަހުރުވަ ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އާޒިމާ ވިދާޅުވި އެވެ. އެގޮތުން އެކުދިން ބޮޑުވެގެން ވާން ބޭނުންވަނީ ޓެރަރިސްޓުންނަށް ތޯ އަހާ ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވިގެންވާނެ ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވި އެވެ. 

އާޒިމާ ވިދާޅުވީ އަރަބިއްޔާގައި ކިޔަވާ ކުދިންނަކީ ވަރަށް އަޚުލާގު ރަނގަޅު މަޑުމައިތިރި އަދި ކިޔެވުމަށް މޮޅު ކުދިންތަކެއްކަމަށެވެ. އެހެންކަމަށް ވާއިރު، އެކުދިންނަށް ޓެރަރިސްޓުންނާއި ގުޅުވާ ޓާގެޓު ކުރަންވީ ކޮން ސަބަބަކާ ހުރެތޯ އާޒިމާ ވަނީ ސުވާލުކުރައްވާފަ އެވެ. 

"އަޅުގަނޑަށް ވަރަށް ގިނަ މަސައްކަތްތައް އަރަބިއްޔާއާއެކު ކުރެވިއްޖެ. އަރަބިއްޔާގެ ކުދިން އަޅުގަނޑުމެންނަށް ފެންނަނީ ޑިސިޕްލިން ރަނގަޅު ކުށުން އަރައިގަތުން މަދު އެގޮތަށް ހަމަ ފެންނަ ކުދިބައެއް އެއީ. ކީއްވެގެންތޯ އެމީހުންނަށް އަޅުގަނޑުމެން ޓާގެޓުކުރަންވީ؟"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

ދަރިވަރުންގެ މެދުގައި ތަފާތު ކުރުމަކީ ދެވަނަ ދަރަޖައަށް ވައްޓާލުން!

އާޒިމާ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން އުޅުމުގެ ހުއްދަ ވަނީ ދީފައި ކަމަށެވެ. މޫނު ބުރުގަލަކީ މި މުޖުތަމައު ގަބޫލުކުރާ އެއްޗެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މޫނު ބުރުގާ އަޅާތީ އެމީހަކާއި މެދު ތަފާތު ގޮތަކަށް ދެކެވިގެން ނުވާނެ ކަމަށާއި، އަދި އެއީ އެމީހަކާއި ދޭތެރޭ ޖެހިލުންވުމެއް އޮވެގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަނީ

"ނިގާބު އެޅުމަކީ ކަޅު ހެދުން ލުމަކީ އަޅުގަނޑުމެން އެކަމާއި ޖެހިލުން ވާންވީ ކަމެއް ނޫން. އަޅުގަނޑުމެންނަށް އެކަމާ އުނދަގޫވެގެން އުޅޭކަމަށް ނުޖެހޭ. އަޅުގަނޑުމެން އެންމެ ނޫންތޯ މި ޤައުމުގައި ނިޤާބުއަޅަން މިތިބީ ގަބޫލުވެގެން."

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

އާޒިމާ ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ މުޖުތަމައުން ބާކީވާ ކަމެއްކަމުގެ އިހުސާސް ދަރިވަރުންނަށް ވިޔަ ދީގެން ނުވާނެ ކަމަށެވެ. އެގޮތަށް ކަންކަން ކުރާނަމަ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، މިހާރުވެސް އެ އަސަރުތައް ބައެއް ދަރިވަރުންގެ ކިޔެވުމުން ފެންނަމުންދާކަމަށް އާޒިމާ ވިދާޅުވި އެވެ. 

"މިސާލަކަށް ވަރަށް ޕާފޯމަންސް ރަނގަޅުކުދިންގެ ޕާފޯމަންސް ދަށްވާން ފަށައިފި. ދެޓްސް ނޮޓް ފެއާ! އަޅުގަނޑު ދެކޭގޮތުގައި ކުދިން، ސުކޫލަށް އެ އަންނަނީ ކޮން ކަހަލަ ބެކްގްރައުންޑަކުންތޯ ބަލައި ކަންބޮޑުވެވެޑައިގަންނަވާކަން ނުޖެހޭ."

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

އާޒިމާ ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ އިމާރާތައް ދިމާވި މައްސަލައާއި ގުޅިގެން މިހާރުވެސް ގިނަ ޚިދުމަތްތަކުން އެކުދިން މަހުރޫމުވެފައިވާ ކަމަށެވެ.

އެފަދަ ދަތި ހާލުގައި ކިޔަވަމުންދާއިރު، އެ ކުދިންގެ ތެރެއިންވެސް ވަކި ދަރިވަރުންތަކަކަށް (މޫނު ބުރުގާ އަޅާ ދަރިވަރުންނަށް) ޓާގެޓުކޮށްގެން އެކުދިން ކިޔެވުމުން މަރުހޫމު ވާގޮތަށް އަމަލުތައް ކުރަމުން ދިއުމަކީ ދިވެހިންނާއި ނުވެސް ގުޅޭ ސިފައެއް ކަމަށެވެ. 

މޫނު ބުރުގާ އަޅާ އަރަބިއްޔާ ސުކޫލުގެ ދަރިވަރުން.

"އަޅުގަނޑުމެންގެ ދަރިންނެކޭ އެކުދިންނެކޭ އެއްވަރު ވާން ޖެހޭނީ. އެކުދިން މާޖިނަލައިޒްއެއް ނުކުރެވޭނެ. އަދި އެ ކުދިންގެ ތެރެއިން ވަކި ބަޔަކު ލޭބަލްކޮށްގެން ނަގައިގެން މާޖިނަލައިޒް ކުރީމަ (we are treating them as second grade citizens) ނޫން! އެހެންހެއް ނެހެދޭނެ. އެއީ ދިވެހިންނެއް ނޫން އަސްލު"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ

އާޒިމާގެ ވާހަކައިގައި ވަނީ މޫނު ބުރުގާ އަޅާ ދަރިވަރުންނަށް ވެސް ހުރިހާ ކުދިންނަށް އޮންނަ އަސާސީ ހައްގުތައް ލިބެން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އަދި އެކުދިންނާއި ދޭތެރޭގއި ތަފާތުގޮތަކަށް އަމަލުކުރެވިގެން ނުވާނެކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ. 

ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި މޫނު ބުރުގާ އަޅާ ދަރިވަރުންނާއި ދޭތެރޭ އަމަލުކުރުމަކީ އެ ކުދިންގެ މުސްތަގުބަލަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށާއި، އެފަދައިން އެކަން ކޮށްގެން ނުވާނެކަމަށް އާޒިމާ ވިދާޅުވި އެވެ. 

ކޮމެންޓް
ަައަހްމަދު
ޥެރިޔަކަށް ހުރީ ހިންދީ ދީނުގެ ފާދިރީ އެއްބާ؟ ހިންނަވަރަކީ މުސްލިމުން އުޅޭ ނުވަތަ އުޅުނު ރަށެއްބާ؟
07 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.