ޔާސިރު އަބްދުއްލަތީފް އާއި ރައީސް މުހައްމަދު ނަޝީދު--
ހަބަރު
06 Apr 2023 | 22:34
ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ވެރިކަން ހޯދާކަށް ނޫން: ޔާސިރު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަން ހޯދުމަށް ނޫންކަމަށާއި، ދިވެހިރާއްޖެ ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި، ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނުނިކުންނަވަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޔާސިރު ވިދާޅުވީ، ރައީސް ނަޝިދު ވެރިކަން ހޯދުމަށް މަސައްކަތް ނުކުރާކަމަށާއި، ރައީސް ނަޝީދަކީ ވެރިކަމުގެ ބޭނުމުގައި މަސައްކަތްކުރައްވާ ބޭފުޅެއް ނޫންކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއުޅެނީކީއެއް ހަގީގަތުގައި ދަންނަވާ ކަމުގައި ވާނަމަ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެނެއް ނޫން އިނގޭތޯ؟ ހަމަ ވަރަށް ފަރމް ކޮށް ދަންނަވަންޏާ. އެހެންނަމަވެސް، ރައީސް ނަޝީދުގެ މަސައްކަތް މިހާ ހިސާބަށް ބަލާއިރުގައި، ފެށުނީއްސުރެ އަޅުގަމޑުމެންނަށް ފެންނާނީ ނިޒާމް ރަނގަޅު ކުރަން އުޅޭތަން. މިހާރުވެސް މި ދައްކާ ވާހަކައަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމް ރާއްޖޭގައި ގާއިމް ކުރެވިފައި އެބައޮތް. އެހެންނަމަވެސް މި ނިޒާމު އެބަ ރަނގަޅު ވޭތޯ؟"

މެންބަރު ޔާސިރު އަބްދުއްލަތީފް

ޔާސިރު ވިދާޅުވީ ރައީސް ނަޝީދު މިހާރުވެސް އެންމެ ބޮޑަށް ކުރައްވާ މަސައްކަތަކީ އެމްޑީޕީގެ ރައީސް ގެ ހައިސިއްޔަތުން ރާއްޖޭގެ އިޖުތިމާއީ ނިޒާމް ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން އެމްޑީޕީ އެ އުސޫލު ތަކެއްގައި މައްޗަށް ބިނާވެފައިވާ އުސޫލުތައް މިހާރު ބީވެގެންދާ ކަމަށާ، އެ އުސޫލުތައް ނެގެހެއްޓުމަށްވެސް އެންމެ ބުރަކޮށް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު ކަމަށް ޔާސިރު ވިދާޅުވި އެވެ. 

ފަހަކަށް އައިސް "ފިކުރެއްގެ ދިރުން" ފެކްޝަނުން މަޖިލީހަށް ގަރާރު ހުށަހަޅާ މައްސަލަ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ފެކްޝަނުގެ މެންބަރުން ކިޔުއްވަމުންދާ ފާޑުކިޔުއްތަކަށް ރައްދު ދެއްވައި ޔާސިރު ވިދާޅުވީ ވެރިކަމަށް އަންނަނީ މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކޮށްދެއްވުމަށްކަމަށާއި، އެއާއި އެއްގޮތަށް މަސައްކަތްނުކުރުމުން އެ ވާހަކަދައްކާ ސަރުކާރު ޒިންމާދާރުކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްކަމަށެވެ. 

ޕާޓީގެވެސް އުސޫލުތަކާއި ހިލާފަށް، އަދި ގާނޫނު އަސާސީގެވެސް ރޫހާއި ހިލާފަށް މިއަދު އެ މަސައްކަތްކުރެވެނީ ޖަޒުބާތެއްގައި ޖެހިގެން. އެހެން ނަމަވެސް މަސައްކަތްކުރުމަކީ އެމްޑީޕިގެ މަޖިލީސް މެންބަރުންގެ ޒިންމާއެއް. އެއާއި ޖެހިގެން ގައުމީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް.

މެންބަރު ޔާސިރު އަބްދުއްލަތީފް

ޔާސިރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތްކުރައްވަނީ އެމްޑީޕީގެ އަސާސްތަކާއި ދިމާ އިދިކޮޅަށްކަމަށާއި، އެމްޑީޕީއިން ވިއްކަމުން އައި އިންސާފާއި ހަމަހަމަކަން މިހާރު ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް